
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ އާބާދީއެއް އޮންނަ ކްފަރ ޔޯނާ ސަރަޙައްދުގައި، ޔަހޫދީ އަސްކަރިއްޔާގެ ސިފައިންގެ ބަޔަކަށް މަގުމަތީގައި ދުއްވާ އުޅަނދަކުން ޙަމަލާއެއް ދީފިއެވެ. މި ހާދިސާ ހިނގީ ބަސް ހުއްޓިއެއް ކައިރީގައެވެ. ބަސް ހުއްޓިއެއް ކައިރީގައި ދިން މި ޙަމަލާގައި ޔަހޫދީ ސިފައިންގެ އަށް މީހުންސި ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރެއިން ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުންއިރު، ދެން ތިބި ހަ މީހުންނަށް އަނިޔާވީ އެއަށް ވުރެ ކުޑަކޮށެެވެ. އެމީހުންނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި މެއަށް ލިބުނު ގެއްލުމާއި މުޅި ހަށިގަނޑަށް ލިބުނު ގެއްލުންތައް ހިމެނެއެވެ.
މަންޒަރު ދުށް މީހުން ބުނީ ބަސް ހުއްޓިއާ ދިމާލަށް ބާރު ދުވެލީގައި ކާރެއް ދުއްވާފައި އައިކަމަށާއި ވީހާ ވެސް ގިނަ ޢަދަދެއްގެ މީހުންގެ ގައިގައި ކާރުން ޖެއްސުމުގެ ބޭނުމުގައި އެ އުޅަނދު ކުޑަކޮށް އަނބުރައިލި ކަމަށެވެ. މީހުން ގައިގައި އުޅަނދުން ޖެއްސުމަށް ފަހު ދުއްވަން އިން މީހާ ވަނީ އުޅަނދު ދޫކޮށްލައި އެ ސަރަޙައްދުން ފިލައިފައެވެ. ޔަހޫދީ ސިފައިންނަށް އަމާޒުކޮށް މި ފަދަ ޙަމަލާއެއް ދީފައި މި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް އިންތިހާ ދަރަޖައަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 59،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޙަމަލާދޭން ފެށި ފަހުން ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ވެސް ޔަހޫދީން ދެމުންދާ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރީގައި އެކަނި ވެސް ފަލަސްޠީނުގެ 960 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
މި ސަބަބުތަކާހުރެ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންގެ ހިތުގައި ޔަހޫދީންނާމެދު ވަނީ ވަރަށް ބޮޑަށް ނަފްރަތު އުފެދިފައެވެ. ޖުލައި މަހުގެ 24ވަނަ ދުވަހު ހިނގި މި ހާދިޘާއަކީ މި ފަދަ ފުރަތަމަ ހާދިޘާއެއް ނޫނެވެ. މި ފަދަ ހާދިޘާތައް ފާއިތުވި މަސްތަކުގައި ހިނގާފައިވާއިރު، ޔަހޫދީންނަށް އަމާޒުކޮށް އާއްމުން ދޭ މި ފަދަ ޙަމަލާތަކަކީ އެތައް އަހަރެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދިނުމުގެ ނަތީޖާ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ސިފަކުރެއެވެ. މި ފަދަ ޙަމަލާތަކަކީ އިންސާފު ހޯދޭނެ މަގެއް ނެތިފައި ތިބި ބަޔަކަށް، އެ މީހުންގެ ކެކުޅުންތައް ބޭރުކުރެވޭނެ ހަމައެކަނި މަގު ކަމަށް ގިނަ ބަޔަކު ދެކެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
