
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
2022 ވަނަ އަހަރު ފުޓްބޯޅަ ތަރައްޤީކުރުމަށް ހުޅުމާލެއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދިން ބިމުގެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު ހެޑްލީސް އެއްބަސްވުން އަލުން އިޔާދަކޮށްދިނުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެއެވެ. އެފްއޭއެމުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު އަދި ޖާގައިގެ ދަތިކަން ހުރިގޮތުން ފުޓްބޯޅައިގެ ބޭނުމަށް ދޫކޮށްފައިވާ މިފަދަ ބިމެއް ގެއްލިގެން ދިއުމަކީ ފުޓްބޯޅައަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމަށްވާތީ އެކަމާއިމެދު ނޯމަލައިޒޭޝަން ކޮމިޓީން ކަންބޮޑުވާކަމަށެވެ. އެ ބިން ސަބްލީސްކޮށް ފައިސާ ނަގާ އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާއިރު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެޗްޑީސީން ވަނީ އެއްބަސްވުން އުވާލާފައެވެ.
އެހެންކަމުން މި އެއްބަސްވުމުގެ ދަށުން ބިން ދޫކުރުމުގެ މަގްސަދަކީ ވިޔަފާރިކުރުން ނޫން ކަމަށާއި މިއީ ފުޓްބޯޅައިގެ ބޭނުމަަށް އިޖުތިމާއީގޮތުން މުހިންމު ކަމެއްކަމަށް ދެކިގެން ދޫކޮށްފައިވާ ބިމެއް ކަމަށްވާތީ ހެޑްލީސް އަލުން އިޔާދަކޮށްދިނުމަށް އެދި ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން މިހާރު އެދިފައިވާނެ ކަމަަށް އެފްއޭއެމުން ބުންޏެވެ. ފުޓްބޯޅަ ތަރައްޤީކުރުމުގެ ބޭނުމުގައި 2022 ވަނަ އަހަރު 230،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީ އެފްއޭއެމާއި އެޗްޑީސީ އާއިއެކު ވެފައިވާ އެއްބަސްވުމަށް އެފްއޭއެމުން ވަނީ ބަދަލު ގެނެސްފައެވެ. އެފްއޭއެމްއަށް ހުޅުމާލެއަށް ދީފައިވާ ބިމުގެ ތެރެއިން 28،000 އަކަފޫޓް ވިޔަފާރި ބޭނުމަށް ސަބްލީސްކޮށް ކުއްޔަށްދެވޭ ގޮތަށް އެފްއޭއެމުން ނިންމައިފިއެވެ.
އެއްބަސްވުމުގެ މުއްދަތު 40 އަހަރަށް އިތުރުކޮށް ސަބްލީސް ކުރާ އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން އެފްއޭއެމުން އެޗްޑީސީއަށް ކުލި ދައްކަން ޖެހޭ ގޮތަަށް އޭރު ވަނީ ހަމަޖައްސާފައެވެ. އެބިމުގެ ބައިތައް 15 ފަރާތަކަށް ކުށްޔަށްދޫކޮށްފައިވާއިރު އެ ސަބްލީސްތައް ކޮށްފައިވަނީ އެފްއޭއެމަަށް ފައިދާއެއް ނުލިބޭ ގޮތަށް އިއުލާނުކުރުމެއް ނެތި ބިޑް ނުކޮށް ކަމަށް އެފްއޭއެމުން ބުނެއެވެ. ބައެއް ޕްލޮޓްތައް 25 އަހަރަށް ކުއްޔަަށްދޫކޮށްފައިވާއިރު އަނެއްބައި ބިންތައް 40 އަހަރަށް ކުއްޔަަށްދޫކޮށްފައިވާ ކަމަށާއި ބައެއް ސަބްލީސްތަކުގެ މުއްދަތު ހެޑްލީސްއަށްވުރެ އިތުރަށް ދޫކޮށްފައިވާކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ. އެހެންކަމުން އެއްބަސްވުންތައް ހެދިފައިވާގޮތް އިތުރަށް ބަލާ ފައިސާއަށްވެފައިވާގޮތް އޮޅުންފިލުވުމަށްޓަކައި ތަފްސީލީ އޮޑިޓެއް ހެދުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.
އެންމެފަހުން ބޭއްވި ކޮންގްރެސްގައިވެސް އެފްއޭއެމުން ބުނެފައިވަނީ އެ ބިމުގެ މައްސަލަ އެޗްޑީސީ އާއި އަލަށް އިންތިހާބުކުރާ އެފްއޭއެމްގެ ހިންގާ ކޮމިޓީން މަޝްވަރާކޮށްގެން ހައްލުކުރަން ޖެހޭކަމަށް ދެކޭކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
