
(ފޮޓޯ ކްރެޑިޓްްސް: ޕީއެސްއެމް ނިއުސް)
ނޯމަލައިޒޭޝަން ކޮމިޓީން ތައްޔާރުކޮށްފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބަޖެޓަކީ 23 މިލިޔަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. ފީފާއިން އައްޔަން ކޮށްފައިވާ ތިން މެމްބަރުންގެ ކޮމިޓީގެ ޗެއާމަން އަދި މަޝަހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ބަޖެޓް ތައްޔާރުކޮށްފައިވާނީ ކޮންމެހެން ބޭނުންވާ ކަންކަން އެކަނި ހިމަނައިގެން ކަމަށެވެ. “އަޅުގަނޑުމެން ބަޖެޓް ތައްޔާރު ކުރުމުގައި ބެލީ އެންމެ އަސާސީ ކަންކަމަށް. ޒަރޫރީ ކަންކަމަށް. ކިރިޔާ ތަން ހިންގާ ލެވޭ ވަރަށް. ސަބަބަކީ އަޅުގަނޑުމެންނަކީ އަބަދު މިތަން ހިންގާނެ ބަޔަކަށް ނުވާތީވެ. ޒަރޫރީ ކަންކަން ކޮށްލެވޭ ވަރަށް ބަލައިގެން ބަޖެޓް ހެދީމަ ޖުމުލަ އަކީ 23 މިލިއަން ރުފިޔާ،” މުއިއްޒު ވިދާޅުވި އެވެ.
މި ބަޖެޓާއެކު ކުރިއަށް ދާ ނަމަ އެފްއޭއެމުގެ ހުރިހާ ހަރަދަކަށް 22 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ހުސްވި އަހަރު ޖުލައި މަހު ފީފާއިން އެކުލަވާލި މި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހު އެފްއޭއެމުގެ އައު ރައީސަކު ހޮވުމަށް އިންތިހާބު ބާއްވާތީ އެވެ. މި އިންތިހާބަށް ކުރިމަތިލެއްވީ ކުރީގެ ރައީސް އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. މިހެންވެ އިންތިހާބުގައި އޮންނާނީ އޭނާ އަށް ފެންނަ ނުފެންނަ ވޯޓު ނެގުން އެކަންޏެވެ.
އެފްއޭއެމް ނޯމަލައިޒް ކުރީ އެ އިދާރާގެ މާލީ އަދި އިދާރީ ހިންގުން ގޯސްވެގެން އޭރު ހުންނެވި ރައީސް ބައްސާމް އަދީލް ޖަލީލް 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
