
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނ. ޅޮހީގެ ތަރައްޤީއަށް، އެރަށުގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ކުރިއަށްގެންދަވައި ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ދަތުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެއަތޮޅު ޅޮއްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ޅޮހީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާއި، އެކަންކަމަށް ވަރަށް ސަމާލުކަންދެއްވައިގެން ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޅޮހީގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އެގޮތުން މިހާރު ހިނގަމުންދާ ބަނދަރު ތަރައްޤީގެ މަޝްރޫޢުއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކެއް ހުށައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ވީއެންމެ ރަނގަޅަކަށް ރައްޔިތުން އެދޭގޮތަށް އެބަދަލުތައް ގެނެސްދެއްވާނެކަމަށެވެ. އެ މަޝްރޫޢު ހިންގާނީ އޮޑިއެހެލާ ސަރަހައްދަކާއެކީގައި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޅޮހީގެ ސްކޫލަށް ޢުމްރާނީ މަޝްރޫޢުތަކެއް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށާއި، ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރައްވާ ރައީސްވަނީ ހުރިހާ ވަސީލތަކާއި ޚިދުމަތްތަކާއެކު އައު ޢިމާރާތެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ޖެނުއަރީ މަހު ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެ މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “އަންނަ އަހަރު ތެރޭ އުންމީދުކުރަނީ ދާއިމީ ޙައްލކަށް ބޭނުންވާނެ ޢިމާރާތެއް ސްކޫލުގައި އެޅިގެންދާނެކަމަށް.” ރައީސް ވިދާޅުވިއެވެ. ސިއްޙީ ދާއިރާއިން ކުރަންހުރި ކަންކަމުގެ ތެރޭގައި ޅޮހީ ސިއްހީ މަރުކަޒަށް އިތުރު ޚިދުމަތްތައް ބޭނުންވާކަމށާއި، އެގޮތުން ލެބޯޓްރީއާއި އިތުރު މުވައްޒަފުންވެސް އަދި ޖާގަވެސް އިތުރުކުރަންޖެހޭތީ، ސިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހު އެ މަޝްރޫޢު ކޮންޓެކްޓަރަކާ ހަވާލުކޮށް ނޮވެމްބަރު މަހު ހިސާބުގައި އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އަންނަ އަހަރު ވާނީ މިރަށުގެ ސިއްޙީ ނިޒާމަށް ރައްޔިތުން ހިތްހަހަމަޖެހޭ ހައްލެއް ރައްޔިތުން އެދޭ ފެންވަރަށް ޙައްލުކޮށްދޭނެ އަހަރަކަށް. ތައުލީމީ ދާއިރާވެސް ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން.”ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ޅޮހީގެ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމާއި، ފުޓްސަލް ދަނޑާއި، ވޮލީ ކޯޓެއް ތަރައްޤީކުރުން މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އާބާދީއަށް ބެލުމެއްނެތި ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާގަކުރައްވަމުން ރައީސް ވަނީ ޅޮހީގެ މޫދަށް އެރޭ ސަރަހައްދު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުންވެސް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރަށުގެ ރިންގް ރޯޑުގެ މަޝްރޫޢުވެސް ބަނދަރު މަޝްރޫޢުއާއެކު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގެސްޓުހައުސް ޓޫރިޒަމަށް މުހިންމުކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޅޮހީގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންކަން ފުރިހަމަވާނެކަމަށާއި، ކައުންސިލާއި ރައްޔިތުން އެރަށުގެ ތަރައްޤީއަށް އެދި ހުށައެޅި ދިގު ލިސްޓުގައި ހިމެނޭ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
