
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫންކަމަށާއި، ދިވެހިވަންތަ އަސާސްތައް ވިއްކާނުލާ ހިމާޔަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ދިވެހިވަންތަ “އައިޑެންޓިޓީ”ގެ އަސާސުތައް ވިއްކާނުލާ ރައްކާތެރިކޮށް ޙިމާޔަތްކުރަންޖެހޭކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ މުޖުތަމަޢުގައި އޮންނަންޖެހޭ ހަމަޖެހުމާ އުޅުންތަކާ ގުޅުންތައް އޮންނަންވާގޮތަށް އަލުން އިއާދަކޮށްދިނުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.
ވެލިދޫގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދިއުމުގައި، ރައްޔިތުންގެ ފަރާތުން އިންތިޚާބުކޮށްފައި ތިބޭ މެންބަރުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައެއް މެންބަރުންގެ އެއްބާރުލުން ލިބެމުން ނުދާކަމަށާއި، ބައެއް މަސައްކަތްތައް ހުރަސްއަޅާ ލަސްކުރުމަށް ގަސްތުގައި މަސައްކަތްކުރާކަމަށެވެ. ރައީސް ވިދާޅުވީ އެދެނީ ޚިޔާލު ތަފާތުވިނަމަވެސް، ޒިންމާދާރުކަމާއެކު ރައްޔިތުންގެ ލާބައަށް މަސައްކަތްކުރުމަށްކަމަށެވެ.
“ރައްޔިތުން ހޮވުމަށްފަހު، ކޮންމެ ޕާޓީއަކުން ހޮވުނުނަމަވެސް ދެން ޚިދުމަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް. ސަރުކާރު ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހުރަހަކަށް ވެގެން ނުވާނެ. އެހެން ވިއަސް، ސަރުކާރުން މިދަނީ އެކަމަށް ދޫނުދީ ރަށްރަށުގެ ތަރައްޤީއށް މަސައްކަތް ކުރަމުން. މި ދަތުރުންވެސް މި ފެންނަނީ އެކަން. މެންބަރުންގެ އެއްބާރުލުން ނުލިބުނަސް ސަރުކާރުން ކުރާނެ. އެކަމަކު އެ އެއްބާރުލުން ލިބުނީމު މާ ބާރަށް މަސައްކަތްތައް ކުރިއަށް ދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ އެދެނީ ކޮންމެ މީހަކުވެސް ޒާތީ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށްވުންކަމަށެވެ. މިނިވަން ދުވަހާ ކުރިމަތިލާއިރު، މިނިވަންކަން ހިތުގައި ބިންވަޅުނަގާ، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމީ ލޯތްބާއި ޤައުމީ ވާޖިބު އަދާކުރުމުގެ އިޙްސާސާއި އެ ޢަޒުމު އަށަގަތް މިންވަރުން މެނުވީ، ޤައުމުގެ ކުރިމަގުގެ ދަރިންނަށް އެ ރައްކާތެރިކަން ފޯރުކޮށްނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަޝްރޫޢުތައް ކިތަންމެ ގިނައިންވެސް ހިންގިދާނެކަމަށާއި ނަމަވެސް ސިކުނޑި ތަރައްޤީވެގެން ނޫނީ މި ބަދަލު ނުގެނެވޭނެކަމަށެވެ. ވަށާޖެހޭ ތަރައްޤީ އަންނާނީ އަމިއްލަ ނަފްސާ ހަމައިން ނިންމާ ނިންމުމުންކަމަށް ރައީސް ވިދާޅުވިއެވެ.
“ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާ ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ، ކިތަންމެ ކުޑަ އާބާދީއަކަށްނަމަވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތްކުރާނެ ވެރިއެއްކަމަށެވެ. ކިތަންމެ ކުޑަ އާބާދީއެއްވިއަސް މުހިންމީ، އެރަށެއްގެ ރައްޔިތުންގެ ހިތްހަމަޖެހުމާ ކުރިއެރުމާ އުފާ ފާގަތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
