
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބުން ހޯދައިފިއެވެ. ޒައިކް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ކިރްގިސްތާނުގެ ބިޝްކެކް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށް ދިޔަ ވާދަވެރި ފައިނަލް މެޗުގައި ދެޓީމުންވެސް ވަނީ ވަރަށް ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 26-24 ން ކާމިޔާބު ކުރީ ޒައިކްއެވެ. ދެވަނަ ސެޓު 25-21 ން ޒައިކް ކާމިޔާބުކުރި އިރު ތިންވަނަ ސެޓުގައި ކިރްގިސްތާނު ޓީމުން ކުޅުން ރަނގަޅުކޮށް 25-20 ސެޓު ގެންދިޔައެވެ. އެހެންނަމަވެސް ހަތަރުވަނަ ސެޓުގައި ޒައިކްގެ ކުޅުން ރަނގަޅުކޮށް 25-22 ން ސެޓް ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއި އެކު މުބާރާތް ނިންމާލި ކަޒަކިސްތާނުގެ ޒައިކަށް ވަނީ ކުރިޔަށް އޮތް އޭޝިއަން ވޮލީ ބޯލް ކޮންފެޑެރޭޝަންގެ، އޭވީސީ ޗެމްޕިއަންޝިޕުގެ ޖާގަ ލިބިފައެވެ. ފައިނަލް މެޗު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މި މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ތައްޓާ މެޑަލް ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަޒަކިސްތާނުގެ ވިޓަލީ އެރްޑްޝްޓެއިންއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކާވާ ޗެމްޕިއަންސް ލީގު 2025 ގެ ޑްރީމް ޓީމް
- 1. ބެސްޓް އައުޓްސައިޑް ހިޓާ: ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުގެ މުރާދު ޖެހާން
- 2. ބެސްޓް އައުޓް ސައިޑް ހިޓާ: ޒައިކްގެ އޮމުރްބެކް ޒުނޫސޮވް
- 3. ބެސްޓް މިޑްލް ބްލޮކަރ: ޒައިކްގެ ޕްރޮކޯފިން ވްލަޑިމިއާ
- 4. ބެސްޓް ސެޓަރ: ޒައިކްގެ ވޮލޮޑިމީރް ކޮވަލްޗުކް
- 5. ބެސްޓް ލިބަރޯ: ހެލްޕް ނޭޕާލްގެ ސަންތޯޝް ރާއީ
ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަނާއި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ޖުލައި 17-23 އަށް ކުރިޔަށް ގެންދިޔަ މި ފޯރި ގަދަ މުބާރާތުގައި ރާއްޖެއިން ވާދަކުރީ ގައުމީ މުބާރާތުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ގައުމީ މުބާރާތުގެ ރަނަރަޕް ކުލަބު އެޗްޑިސީއެވެ. މީގެ އިތުރުން ވާދަކުރީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީ، ބިޝްކެކް، ޒައިކް އަދި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
