
ސްޕޭނުގެ ބާސެލޯނާ އަށް ކުޅެން އޭނާ ނިންމި މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ ކޯޗު ޖަރުމަނުގެ ހަންސީ ފްލިކް ކަމަށް އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ބުނެފި އެވެ. ބާސެލޯނާ އަށް ސޮއި ކުރުމަށް ފަހު ދިން ފުރަތަމަ އިންޓަވިއުގައި ރަޝްފޯޑް ބުނީ ބުރާސްފަތި ދުވަހު ފޯނުން އޭނާ ވާނީ ކޯޗާ މަޝްވަރާ ކޮށްފައި ކަމަށެވެ. “އަހަރެން މި ކުލަބަށް އައި އެއް ސަބަބަކީ އޭނާ. ކޯޗާއެކު ދެކެވެނު ވާހަކަތައް. އޭނާ އަކީ ޔޫރަޕުގެ އެންމެ ގަދަ އެއް ކޯޗު. އޭނާގެ މާޒީގައި އޭނާ ވަނީ ވަރަށް ގިނަ ކާމިޔާބު ހޯދާފައި. އަދި ޒުވާން ޓީމަކާއެކު މިދިޔަ ސީޒަނުގައި އޭނާ ބާސެލޯނާގައި ހޯދި ކާމިޔާބީ އަކީ އަހަރެން އޭނާ ގާތަށް އައުމަށް ޝައުގުވެރިވި ސަބަބުތަކެއް،” ރަޝްފޯޑް ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ފަހަރަށް ސްޕޭނަށް އައިސް ބާސެލޯނާގައި ހޭދަކުރި ދެ ދުވަހުގެ ތެރޭގައި ހީވަނީ އަމިއްލަ ގޭގައި ހުރެވޭ ފަދަ ކަމަށެވެ. “މިއީ ހަމައެކަނި ފުޓްބޯޅަ ކުލަބެއް ނޫން. މިއީ އާއިލާ އެއް. އަހަރެންނަށް މި ތަނުގައި އަމިއްލަ ގޭގައި ހުރެވޭ ފަދަ އިހުސާސެއް އެބަކުރެވޭ. އަހަރެން މުހުރީ ވަރަށް އުފަލުން. މި ކުލަބުގައި އަހަރެންނަށް ކުޅެން ލިބޭ ކޮންމެ މިނިޓެއްގެ ބޭނުން އަހަރެން ހިފާނަން. އަހަރެން މި ހުރީ ވަރަށް ކުޅޭހިތުން،” ރަޝްފޯޑް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ނެތުމުން 27 އަހަރުގެ ފޯވަޑް ބާސެލޯނާ އަށް ސޮއި ކުރީ ލޯނު އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ދުވަހަށެވެ. އޭނާ ރަނގަޅަށް ކުޅެފިނަމަ ބާސެލޯނާއިން އޭނާ ގަންނާނީ 25 މިލިއަން ޕައުންޑަށް ކަމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ނުގަނެ ދޫކޮށްލާނަމަ މެންޗެސްޓާ އަށް ބާސެލޯނާއިން ފަސް މިލިއަން ޕައުންޑް ވެސް ދައްކަން ޖެހޭނެ އެވެ. ޔުނައިޓެޑުން ރަޝްފޯޑް ދޫކޮށްލީ އެ ކުލަބުގެ ކޯޗާ އޭނާއާ މައްސަލަ ޖެހުމުންނެވެ. ނަމަވެސް ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދިވެސް ތިން އަހަރު އެބައޮތެވެ. މިހެންވެ ކުޅުންތެރިޔާ ބުނީ ޔުނައިޓެޑަކީ އޭނާގެ ކެރިއަރުގައި ވަރަށް މުހިންމު ކުލަބެއް ކަމަށާއި އެ ކުލަބުގެ ކަންކަމާ މެދު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އޭނާ އެދެނީ ޔުނައިޓެޑަށް ކާމިޔާބު ލިބުމަށް ކަމަށެވެ.
ބާސެލޯނާގައި ރަޝްފޯޑް ލާނީ ކުރިން އާސެނަލްގެ ކެޕްޓަންކަން ކުރި ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ ބޭނުން ކުރި 14 ނަންބަރު ޖާޒީ އެވެ. އަދި މިއީ ބާސެލޯނާ އެ މީހަކަށް އަބަދުވެސް ޝުކުރުވެރިވާ މަޝްހޫރު ޔޯހަން ކްރައިފްގެ ނަންބަރު ވެސްމެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
