
ބަޔާ ލެވަކޫސަންގެ ކެޕްޓަން ސްވިޒަލޭންޑްގެ ގްރަނިތް ޝަކާ ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެންހަގް ބުނެފި އެވެ. މި ސީޒަނަށް ޓީމާ ހަވާޅުވި ކޯޗު މިހެން ބުނީ ޝަކާ ގަތުމަށް އިނގިރޭސި ބައެއް ކުލަބުތަކުން ޝައުގުވެރިކަން ފާޅު ކުރުމުންނެވެ. އަދި ކުޅުންތެރިޔާ ވެސް ހުރީ އަލުން އިނގިރޭސިވިލާތަށް ބަދަލުވާން ބޭނުންވެފައި ކަމަށް ޖަރުމަނުގެ ނޫސްތަކުން އޭނާގެ އެޖެންޓާ ހަވާލާދީ ބުނަން ފެށުމުންނެވެ. ލެވަކޫސެން އަށް ބަދަލުވުމުގެ ކުރިން އޭނާ އަކީ އާސެނަލްގެ ކެޕްޓަނެވެ.
ނަމަވެސް ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން ޓެންހަގް ބުނީ ޝަކާ އާއި ލެވަކޫސެންއާ ދެމެދު ތިން އަހަރުގެ އެގްރީމަންޓެއް އެބައޮތް ކަމަށެވެ. “އޭނާގެ އެޖެންޓަށް ބޭނުން ވާހަކަ އެއް ދެއްކިދާނެ. އެކަމަކު އަހަރުމެން މި ވަނީ މިދިޔަ ސީޒަނަށް ފަހު ޓީމުގެ ވަރަށް މުހިންމު ތިން ކުޅުންތެރިން ވިއްކާލާފައި. އެހެންވީމާ ދެން މި ޓީމުން އިތުރު ކުޅުންތެރިއަކު ވިއްކާ ނުލާނެ. ޒަކާ ވެސް އެއްވެސް ޓީމަކަށް ނުދާނެ. އޭނާ މި ޓީމުގައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަންނަށް އެބައޮތް،” ޓެންހަގް ބުންޏެވެ.
ލެވަކޫސެން އިން ވިއްކާލި އެއް ކުޅުންތެރިއަކީ ޖަރުމަނުގެ ގައުމީ ޓީމަށް ވެސް ކުޅޭ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އެވެ. އިނގިރޭސި ރެކޯޑް ފީ އަކަށް އޭނާ ގަތީ ލިވަޕޫލުންނެވެ.
ލެވަކޫސެން އަށް ކުޅުނު ޖަރުމަނުގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖޮނަތަން ޓާ ބަދަލުވީ ވާދަވެރި ބަޔާން މިއުނިކަށެވެ. މިހެންވެ ޓެންހަގަށް ޖެހިފައިވަނީ މުޅިން އަލުން ބަލުން ޓީމު ބިނާ ކުރުމަށެވެ. އޭނާ ބުނީ އިތުރު ކުޅުންތެރިއަކު ދޫކޮށްލަން ބޭނުން ނުވާ ސަބަބަކީ ޓީމަށް އޭގެ ގެއްލުން ވަރަށް ބޮޑުވާނެތީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
