
މިލަދޫއަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއްވެސް ފުއްދަވައިދެއްވާނެކަމަށް ވިދާޅުވެ، ތރައްޤީގެ ކަންކަން އެރަށުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިލަދޫގެ ތަރައްޤީއަށް މިއަހަރު ގިނަ މަޝްރޫޢުތަކެއް ހިނގާނެކަމަށް ވިދާޅުވެ ރައީސް ވަނީ ރައްޔިތުންނަށް އެ ޔަޤީންކަންވެސް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ވުޒާރާތަކާއި ކުންފުނިތަކުން މަސައްކަތްތައް ކުރަމުންދާކަމަށާއި، އެގޮތުން މިލަދޫގެ ތަރައްޤީއަށްވެސް ވަރަށް ބޮޑު އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ އަވަހަށް ސޮއިކުރުމަށް ތައްޔާރުވަނީ މިލަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުން ކަމަށާއި އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމާއި، އެރަށު މަގުހެދުން އާރުޑީސީއާއި ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީކުރުމާއެކުކަމަށް ރައީސް ވިދާޅުވިއެވެ. “މީގެ އިތުރުން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކުގެ ތެރޭގައި ހިންގަމުންދާ މަޝްރޫޢުތައް ނިންމުން ހިމެނޭ. ފެނުގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރިއަށްއަށް އެގެންދަނީ. ސިއްޙީ ދާއިރާއިން މަރުކޒުގެ މަސައްކަތް އެ ނިމުމަކާހަމައަށް ދަނީ. 16 ގަޑިއިރުގެ ޚިދުމަތްދޭ މަރުކަޒަށްވުރެ އިންސާނީ ވަސީލަތްމަދު މިރަށުގަ. ނަރުހުން ޢަދަދު މަދު. އެހެންވީމަ މިދަތުރަށްފަހު މިނިސްޓްރީން މަސައްކަތްކުރާނެ ޓެކްނިކަލް ދާއިރާއިން މަދުވެގެން 2 މުވައްޒަފުން ހަމަޖެއްސުމަށް. އެކަން އަޅުގަނޑުމެން ކޮށްދޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ ބޯހިޔާ ވަހިކަމުގެ މޝްރޫޢުގެދަށުން މިލަދޫގައިވެސް 50 ޔުނިޓް ތަރައްޤިކުރެވޭނެކަމަށެވެ. އެކަމުގައި ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢު ކުރިއަށްގެންދެވޭނެކަމަށާއި، އެގޮތުން ވަކި ސަރަހައްދެއްގައި ހައުސިންގ ޔުނިޓް އެޅުންތޯ ނުވަތަ ރައްޔިތުންގެ ގޯތީގައި ޔުނިޓް އެޅުންތޯ ނިންމާނީ ރައްޔިތުންކަމަށް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން ނިންމާގޮތަށް ޓެންޑަރކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިންވެސް މަޝްރޫޢުތައް ހިނގަމުންދާކަމަށާއި، ހުރިހާ ރަށެއްގައި ފީޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތުގެ ދަށުން ދެމަހެއްހާ ދުވަހުގެ ތެރޭގައި މިލަދޫގެ މަސައްކަތް ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައުޓްޑޯ ޖިމެއް ތަރައްޤީކުރުމުގެ އިތުރުން އިތުރު ވަސީލްތަތައްވެސް މިލަދޫގައި ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްގެ މަޝްރޫޢު ލަސްވެފައިވީނަމަވެސް، އެ މަޝްރޫޢު އަވަސްކުރުމަށް މަސައްކޮށްދޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. އެހެންކަމުން އަހަރުގެ ބާކީ ބައިގައި އެހުރިހާ މަޝްރޫޢޫއެއްގެ އަމަލީ މަސައްކަތް ފެނިގެންދާނެކަމށާއި، މިއަހަރު ފެށޭ މަޝްރޫއުތައް އަންނަ އަހަރު ނިންމުމަށް މަސައްކަތްކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިލަދޫ ރައްޔިތުންގެ އުންމީދުގައި ކުލަ ޖައްސާދޭނެކަމަށާއި، އެންމެ ވަޢުދެއްވެސް ނުފުއްދާ ދޫނުކުރާނެކަމަށެވެ. ވަޢުދު ފުއްދުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލެއްކަމަށް މިލަދޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
