
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިސަރުކާރުން ސިޔާސަތުތައް ތަންފީޒުކުރަނީ އެއްވެސް ބަޔަކަށް އަޅުދާސްތުވާން ނުޖެހޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ އެމަނިކުފާނު ރިޔާސަތާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ޤައުމުގެ އިޤްތިޞާދު ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށްޓަކައި، އިތުރު ދަރަނި ނުނަގައި، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ދެމެހެއްޓެނިވި ސިޔާސަތެއް ތަންފީޒުކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިސިޔާސަތުތައް ތަންފީޒުކުރަމުން ދަނީ އެއްވެސް އެހެން ގައުމެއްގެ ބާރުވެރިކަމާއެކު ނޫންކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
“އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުދާސްތުވާން ނުޖެހި، ދިވެހިރާއްޖޭގެ ފަޚުރުވެރިކަން މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަބަދުމެ ޔަޤީންކަމާއެކު އިހްސާސްވާ، ފަހުރުވެރި ދިވެހި ގައުމެއްގެ ގޮތުގައި ކުރިއަށްގެންގޮސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ފަރުދީގޮތުންނާއި، މުޖުތަމައެއް ގޮތުގައި އަދި ގައުމެއް ގޮތުގައި މުއްސަނދިކަމާއި ތަރައްގީ ގެނެސްދިނުމުގެ ސިޔާސަތެއް އަޅުގަނޑުމެން މި ގެންގުޅެނީ.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ޢުމްރާނީ ތަރައްޤީގެ އިތުރުން، ވިސްނުމާއި އުޅުންތަކާއި ގުޅުންތަކަށް އަންނަންޖެހޭ ތަރައްޤީ ގެނައުމަށް ދެއްވާ އިސްކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ހަމަމިއާއެކު، މި ތަރައްޤީ ގެނައުމަށް، ސަރުކާރުން ފަޚުރުވެރިކަމާއެކު ކުރާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުންގެ ސިއްޙަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. އެހެންކަމުން، ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން، ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. “އަޅުގަނޑު ވައުދުވިން ބަލިތަކުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމަކަށް މީގެ ކުރިން ނުދޭ ސަމާލުކަން އަޅުގަނޑު ދޭން. އަދި މިކަމަށް ސަމާލުކަން ދޭނަން. އެއޮތީ ލިޔެވިފައި އަދި ޕްލޭންވެސް ކުރެވިފައި. އެހެންވެ އެ ސިޔާސަތުގެ ތެރޭގައި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން މުޅި މުޖުތަމައު ދުރުކުރުވުމަށް އެކި ކަހަލަ ފިޔަވަޅުތައް އެޅިން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
2040ގެ އަމާޒަށް ވާޞިލުވުމަށް ދިވެހި ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސިޔާސީ ބަދަލުހިފުމުގެ ރޫޙު މިއަދު ދިވެހި ޤައުމުން ނައްތާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާނޭ ކަމަށާއި، ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމުގައިވިޔަސް، ކޮންމެ ދިވެހި ރައްޔިތަކީވެސް މުހިންމު ރައްޔިތެއްކަމަށާއި، އެ މީހެއްގެ ބަހާއި ޢަމަލާއި ވިސްނުން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
