
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ބަނދަރު ތަރއްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ފޮއްދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮއްދޫގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ފޮއްދޫގެ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮއްދޫއަކީ ރާއްޖޭގައި ބަނދަރު ނެތް މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ބަނދަރު ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފޮއްދޫގެ ރައްޔިތުން ބަނދަރަކަށް އިންތިޒާރުކުރާތާ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ކަމަށާއި ބަނަދަރެއް ނެތުމުގެ ސަބަބުން ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށް ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވިއެވެ. “ސަރުކާރުން ފަށްޓަވައިދެއްވާ މަޝްރޫޢުތަކުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާކަން ރަށުގެ ރައްޔިތުންނަށް މިހާރު އެނގި ހާމަވެއްޖެ. ރަށުގެ ބަނދަރަށް އިންތިޒާރުކުރާތާ ގާތްގަޑަކަށް 40 އަހަރު. މިހާހިސާބަށް އައިއިރުވެސް މިވަނީ ބަނދަރެއް ނެތިފައި. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދާ ދަތިހާލު ތަސައްވަރުވެސް ނުކުރެވޭނެ. ބަނދަރެއްގެ ވާހަކަ ކައުންސިލާއި ރަށުގެ ތެރެއިން ބަޔަކު ރައީސާއި ބައްދަލުކޮށް ދެންނެވުމުން ރައްޔިތުން އެދޭ ކަހަލަ ބަނދަރެއް ފޮއްދޫގައި ހައްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި”. ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވިއެވެ.
ފޮއްދޫއަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމްޓީސީސީން ވިދާޅުވީ މިމަސައްކަތް ނިމޭއިރު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. ފޮއްދޫއަކީ އާބާދީގައި 504 މީހުން ދިރިއުޅޭ ރަށެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
