
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަ އަހަރު އަލަށް ފަށާ ކުޅިވަރު މަޝްރޫއުތަކުގެ ތެރޭގައި ހޭންޑްބޯޅަ ކޯޓު އެޅުން އެބައޮތް ކަމަށާއި، އެ ލިސްޓުގައި ނ. ލަންދޫ ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުޢިއްޒު ލަންދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ވިދާޅުވެފަވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް މިފެށުނީ ކަމަށާ، ކުޅިވަރުގެ ދާއިރާއިން ވެވަޑައިގެންނެވި ވަޢުދުފުޅުތައް ވަރަށް ބޮޑު ސަމާލުކަމެއްދެއްވައިގެން ރައްޔިތުން ބޭނުންވާ ފެންވަރަށް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް މިއަހަރަށްވެސް ރާވާ ހިންގަމުން އަންނައިރު ކުރިއަށް މިއޮތް 2026 ވަނަ އަހަރު ކުޅިވަރުގެ މުޅިން އައު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާނެކަމަށް ރައީސް ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހަލުވިކަމާއެެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރުކަމަށްވާ ހޭންޑްބޯލް ކުރިއެރުވުމަށް ޚާއްސަ ވިސްނުންފުޅެއް އެބައޮތްކަމަށް އެމަނިފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވައިގައި ހިފާފައިވާ މިކުޅިވަރު ތަރައްޤީކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ޚާއްސަ ބައެއް އެކުލަވާލާ އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއަށް އެކަން އިތުރުކުރެވިފަވާކަމަށް ރައީސް ހާމަކުރެއްވިއެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށިގެންދާނެކަމަށާ އެލިސްޓުގައި ލަންދޫ ހިމެނޭކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
“އަޅުގަނޑުމެން މިހާރު ޕްލޭންކޮށްފަ އޮތީ މިގޮތަށް ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކުޅުމަށް ބޭނުންވާތީ އަދި އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ކަނޑައަޅާފަ އޮތް މަޝްރޫޢަކަށްވާތީ. މި މަޝްރޫޢަކީ ވަރަށް ގިނަ ރަށްތަކުގައި ހިންގަންޖެހޭ މަޝްރޫޢެއްވީމަ، މިއަންނަ އަހަރަށް އަޅުގަނޑުމެން ހަދާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންޑްބޯލް ކޯޓު ހަދަންޖެހޭ ރަށްރަށުގައި އެކަންކުރުމަށް ވަކި ޕްރޮގްރާމެއް ކަނޑައަޅާ ނިއު ޕޮލިސީ އިނިޝިއޭޓިވް ނުވަތަ އަލަށް ފަށާ މަޝްރޫޢުތަކުގެ ލިސްޓަށް ލައިގެން ރާއްޖޭގެ ހޭންޑްބޯލް ކޯޓު ހަދަންޖޭހޭ ރަށްތަކުގައި ހެދުމުގެ މަޝްރޫޢެއް ގެންދިއުން. މާނައަކީ މިރަށް އޭގެ ތެރޭގައި ހިމަނައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޭންޑްބޯލް ކޯޓެއް މިރަށުގައި ހަދައިދޭނަން އިރާދަކުރެއްވިއްޔާ” ލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުންވެސް ކުޅިވަރާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށާ އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑުހެދުމާ، ލައިޓް ޖެހުމުގެ އިތުރުން ފެންސް ޖެހުން ފަދަ ގިނަ މަރާމާތުތަކެއްވެސް ހިމަނައިގެން މި މަޝްރޫޢުތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
