
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނ. ލަންދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ނ. ލަންދޫގައި މިއަދު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، ލަންދޫގައި މުޅިން އަލަށް ޤާއިމުކުރާ ފިޓްނެސް ސެންޓަރާއެކު ކުޅިވަރުގެ ދާއިރާއިން ރަށަށް ގިނަގުނަ ކުރިއެރުންތަކެއް އަންނާނެއެވެ. މިގޮތުން މިތަންވެގެންދާނީ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ގިނަގުނަ ކުޅިވަރުތައް ކުޅެލާ މުނިފޫހިފިލުވާލުމަށް ހުޅުވިގެންދާނެ ދޮރަކަށެވެ. ލަންދޫގައި ޤާއިމުކުރާ ފިޓްނެސް ސެންޓަރަކީވެސް ޒުވާނުންނަށް އެއްތާކުން ގިނަގުނަ ކުޅިވަރުތައް ކުޅެލުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ހަށިހެޔޮ މުޖުތަމަޢަކަށް ބާރު އެޅުމުގެ މަޤްޞަދުގައި ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެކެވެ. މިތަން ޢިމާރާތް ނިމި ބޭނުންކުރަންފަށާއިރު މިތަނުގައިވެސް ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާނެ ވަޞީލަތްތަކުގެ އިތުރުން ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި މި މަޝްރޫއުގެ މަސައްކަަތްފެށިގެންދާއިރު އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ރާއްޖެއަށް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް މިދަތުރުފުޅުގެ ތެރެއިން ރައީސްދެއްވާފަވާއިރު، ނ. ކެނދިކުޅުދޫގައި ހުންނަވާ ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވާނެކަމަށާ، އޭގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާއި، ފުޓްސަލް ދަނޑުތައް މަރާމާތުކުރުމުގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
