
ނ.ލަންދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު ބައެއް މިއަހަރު ކުރިއަށްދާނެކަމަށް ވިދާޅުވެ، އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުންމީދު ދެއްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި ލަންދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، އޭގެ އަމަލީ މަސައްކަތް ވެސް ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އޭގެ އެއް ވަޢުދަކީ ލަންދޫގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރުގެ ޚިދުމަތަކަށް ބަދަލުކުރުންކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމަށް ވަސީލަތާއި މުވައްޒަފުން ހަމަކުރުން ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ލަންދޫގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް ވެވަޑައިގެންނެވި ވަޢުދުގެ އަމަލީ މަސައްކަތް ފެށި ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް ޤާއިމުކުރަން ސަމާލުކަން ދެއްވައިގެން ރައްޔިތުން ބޭނުންވާގޮތަށް ފުރިހަމަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. “ވަޢުދުވީން ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އަރޭ ސަރަހައްދެއް ތަރައްްީކުރުމަށް. އަދި ބަޔަކާ ހަވާލު ނުކުރެވުނަސް، ކުރިއަށް އޮތް ދުވަސްތަކުގައި، މާނައަކީ މަސައްކަތްތައް ބެޗު ބެޗަށް ހަވާލުކޮށްގެން މަސައްކަތްތައް ކުރިއަށްދާއިރު، މިހާރު 6 ބެޗެއްގެ މަސައްކަތް ހަވާލުކޮށްފިން. ދެން 7 ވަނައަށް ފެށޭ ބެޗުގައި އެ މަސައްކަތްތައް ހިމަނާނަން. އެއީ ސެޕްޓެމްބަރުގައި ސޮއިކުރުން ގެންގޮސް ނޮވެމްބަރުގައި އަމަލީ މަސައްކަތް ފެށޭނެ. އޭގެ މާނައަކީ މިއަހަރު ފެށޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚާއްޞަކޮށް އަންހެނުންގެ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯލް މަޝްރޫޢު ވަރަށް ގިނަ ރަށްރަށުގައި ގެންދާނެ މަޝްރޫޢުއެއްކަމަށާއި، ވަކި މަޝްރޫޢުއެއްގެ ގޮތުގައި ވަރަށް ގިނަ ރަށުގައި ކުރިއަށްދާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސްކޫލަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރުން އަދާކުރަންޖެހޭ ކަންކަން ފުރިހަމަކުރަމުންދާކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ އިތުރު ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ އައު މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެތޭގައި ސްޓާފްރޫމްގެ މަސައްކަތާއި އެނޫންވެސް ތަޢުލީމީ ގޮތުން ބޭނުންވާނެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި އައިސްޕްލާންޓެއްގެ މަސައްކަތް ފެށިފައިވާތީ، އެކަމަށް ބޭރުގެ ފަންޑުގެ ހުއްދަތައް ލިބިފައިވުމާއެކު މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްވެސް ނިމޭނެކަމަށް ވިދާޅުވިއެވެ. އަދި ފެނުގެ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށަށް ގެންގޮސްފައިވާތީ އެކަންވެސް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ލަންދޫގެ ރައްޔިތުން ބޭނުންވާ ކަންކަމަށް ސަމާލުކަންދީގެން ވަރަށް ރަނގަޅަށް އެކަންކަން ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އުންމީދު ކުރައްވަނީ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ލަންދޫއަށް ވަޑައިގަތުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާލުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
