
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނ. އަތޮޅު ހޮސްޕިޓަލްގައި އިތުރު ޚިދުމަތްތައް ފެށުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ސިއްޙީ ދާއިރާއަށް އަންނަން ޖެހޭ ކުރިއެރުންތަކަށްކަމަށެވެ. ނ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޚީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާގެ މުހިއްމު ތަޞައްވަރެއް އޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަން ހާސިލްކުރުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ އަތޮޅު ހޮސްޕިޓަލްގެ އިންފްރަރސްޓްރަކްޗަރ ހަރުދަނާ ކުރުމާއި ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ފުޅާކުރުންކަމަށެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާއެޅުމަކީ އޭގެ މުހިއްމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އެތަނުގައި އިތުރު ޚިދުމަތްތައް ދިނުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒްކުރަމުން ގެންދާނަން. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ސއްިޙީ ޚިދުމަތަށް ދަތިވެފައިވާ އެންމެ މުހިއްމު ކަންކަމުގައިވާ އިންފްރަރސްޓްރަކްޗަރގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު މަޝްރޫޢޫތަކުގައި ސޮއިކުރުން މިއަދާއި މާދަމާ ހަވާލުކުރެވޭނެ.” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްްސް: ރައީސް އޮފީސް)
ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މިހާރު ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމާ އަތޮޅު ހޮސްޕިޓަތަލްތަކުގައި އިތުރު ޚިދުމަތްތައް ފަށާ، ބޭސް ފަރުވާ ކުރުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ ނިސްބަތް މަދުކުރުން ކަމަށެވެ. މިގޮތުން ސައިކެޓްރީއާއި ފިޒިއޮތެރަޕީއާއި ސްޕީޗް ތެރަޕީފަދަ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅަކުރުމަކީ މުހިއްމު ސިޔާސަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ރޭ މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގައި އައު ހޮސްޕިޓަލްގެ އެޅުމުގެ މަސައްކަތް ނިމެންދެން، މިހާރުގެ ހޮސްޕިޓަލަށް އިތުރު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމަށެވެ. އެގޮތުން އެކަމަށް ފަންނީ މީހުން ހޯދުން ކުރިއަށްދާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ފާއިތުވި ދޮޅު އަހަރުތެރޭ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތެއް ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫޢުތައް ނިމި އަދި އައު މަޝްރޫޢުތައް ފެށޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ނ.އަތޮޅުގެ ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީވެސް މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
