
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނ. މަނަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނ. މަނަދޫގައި ހުންނަވާ މި މަޝްރޫޢާ ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިމަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ހަށިހެޔޮ ރާއްޖެއެއް ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާވާފައިވާ މަޝްރޫޢެއްކަމަށެވެ. އަދި މިއަހަރާ އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު މުޅި ރާއްޖޭގައި މިފަދަ ސެންޓަރުތައް ޤާއިމުކުރެވިގެންދާނެކަމަށާ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުލުވެރިވެފައިވާ މުޖުތަމަޢަކަށް ހެދުންކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރެވިގެންދާއިރު، ކުޅިވަރު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ބޭނުންވާނެ އެހެނިހެން ވަސީލަތްތައްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ފުޓްސަލް ދަނޑުތަކުގެ މަރާމާތުގެ މަސައްކަތާ ލައިޓިން އަދި މީގެ އިތުރުންވެސް ކުޅިވަރާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަވެއެވެ. މީގެ އިތުރުން ނ. މަނަދޫގައި ކުޅިވަރުގެ ދާއިރާއިން ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއްގެ މައުލޫމާތުވެސް ވަޒީރުވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ.
“ވަރަށް ގިނަ މަޝްރޫޢުތަކެއް މިއަހަރު ތެރޭގައި މަނަދޫގައިވެސް ކުރިއަށްދާން އެބަހުރި. އޭގެ ތެރޭގައި މިއަދު ބިންގާ އެޅިގެންދާނެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ. އަދި ހަމަ އެއާއެކު އައުޓްޑޯރ ޖިމްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. ދެން މަނަދޫއަކީ ފުދޭވަރެއްގެ ބޮޑު ރަށަކަށްވުމާއެކު މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތް އިންޑިއާ ސަރުކާރުގެ އެހީގައި އެކަންތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެށިގެން މިއަހަރު ތެރޭގައި ދާނެ” ވަޒީރު ވިދާޅުވެފަވެއެވެ.
ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
