
ނ. މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ޙައްލު ގެނައުމަށް އެރަށުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއެކު، މަގު ހެދުމުގެ މަސައްކަތްވެސް އަންނަ މަހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭގައި މަސައްކަތްކުރެއްވީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކުރުންކަމަށް ވިދާޅުވިއެވެ. އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރިނަމަވެސް އެކަންކަން ގިރާކުރަމުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް މިހާރު ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ހުއްޓިފައިވާ މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދިއުމާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަޝްރޫއުތައް ހިމެނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ދަތިތައް ރައްޔިތުން ތަހަމަލްކުރާތާ 10ވަރަކަށް އަހަރުވެފައިވާއިރު، އެކަމުގެ ހައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢޫއެއް ހިންގުންކަމަށް ވިދާޅުވިއެވެ. އެއީ އޮތް ހަމައެކަނި ހައްލުކަމަށާއި، އެކަމަށް ޚަރަދުތަކެއްވެސް ހިނގާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފަހިވެފައިވާކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، މަނަދޫގެ ނަރުދަމާ ނިޒާމު އެއްކޮށް އައުކުރުމުގެ މަޝްރޫޢު، އަންނަމަހު އާރުޑީސީން ފަށްޓާނެކަމަށެވެ. އަދި އެ މަޝްރޫޢުއާއެކުއެކީ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވަނީ އައު މަޝްރޫޢު ފެށުނުނަމަވެސް މިހާރު އޮތް ނަރުދަމާ ނިޒާމުގެ ތެރެއިން ވަގުތީ ޙައްލެއް ގެނައުމަށްވެސް ފެނަކައިން މަސައްކަތް ކުރަމުންދާނެކަމަށްވެސް ވިދާޅުވެފައެވެ.
“އެހެންވީމަ ނަތީޖާއަކަށްވާނީ މިއަންނަ އަހަރު ނިމެންވާއިރަށް އެއްކޮށް ނަރުދަމާ ނިޒާމު ބަދަލުކޮށް، މަގުތައް ހެދުމުގެ މަޝްރޫޢުގަވެސް ފުދޭވަރެއްގެ ޕްރޮގްރެސްއެއް އަންނާނެކަމަށް. ނަރުދަމާއަށް ދޮޅު އަހަރު އަދި ނިމޭވަރަކުން މަގުތައްވެސް ހެދުމުންދާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަނަދޫގައި އައު ހޮސްޕިޓަލްގެ އެޅުމުގެ މަސައްކަތް ނިމެންދެން، މިހާރުގެ ހޮސްޕިޓަލަށް އިތުރު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމަށެވެ. އެގޮތުން އެކަމަށް ފަންނީ މީހުން ހޯދުން ކުރިއަށްދާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “މިބަލަނީ މިއަހަރުތެރޭ މީގެ ގިނަ ކަންކަން މިރަށުގައި ކުރެވޭނެކަމަށް. އައިސީޔޫވެސް ޤާއިމްކުރުން. މި ވިއްސާރާގަ ޑިލޭތަކެއް އައީ. ނަމަވެސް މާލަސްތަކެއްނުވެ އެކަންކަން ކުރެވޭނެ. ޖުމްލަކޮށް ސިއްޙީ ދާއިރާއަކީ ޢުމްރާނީ ދާއިރާއާއި ތަފާތުކޮށް ކޮންމެ ރަށަކަށްވެސް މުހިންމުކަމަކަށްވާތީ އިސްކަންދެން މުޅި ރާއްޖެއަށް ވަށާޖެހޭ ސިއްޙީ ޚިދުމަތެއް ޤާއިމްކުރުމަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފާއިތުވި ދޮޅު އަހަރުތެރޭ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތެއް ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫޢުތައް ނިމި އަދި އައު މަޝްރޫޢުތައް ފެށޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ނ.އަތޮޅުގެ ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީވެސް މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެދާއިރާއިން ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އޭގެތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން ހިމެނޭކަމަށެވެ. މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށާއި، އެކަމަށް މިހާރު ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު މަނަދޫގައ ވޮލީ ކޯޓެއް އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށްވެސް އިސްކަންދެއްވާކަމަށާއި، މަނަދޫގައި ޔުނިވާސިޓި ކެމްޕަހެއް އެޅުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް އިސްލާމީ މިނިސްޓްރީން މަސައްކަތްތަކެއްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތްވެސް ބިން ހަމަޖެހުނުހާ އަވަހަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަނަދޫ ސްކޫލްގެ މަޝްރޫޢޫވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގެދޮރުވެރިކަމަކީ އެންމެ ބޮޑު އެއް މައްސަލަކަމަށާއި، އެއްވެސް ރަށަކަށް އެ ރަށަކަށް ބޭނުންވާ ޖުމްލަ ހައްލެއް އެއްފަހަރާ ނުގެނެވޭނެކަމަށާއި، އެހެންކަމުން ފުރަތަމަ ބުރުގައި 50 ހައުސިން ޔުނިޓް މަނަދޫގައި މިއަހަރު އަޅައި، ކުރިއަށް އޮތް އަހަރުތަކުގައި އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ނ. އަތޮޅުގެ އާރުޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން، މަނަދޫން ސީދާ ދަތުރު ރ. އުނގޫފާރަށް ދެވޭނެ ގޮތް އަންނަ ނޮވެމްބަރު މަހު ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
