
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓަށް، އެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފް.ޑީ.ސީން ވިދާޅުވެއްޖެއެވެ. އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުންތަކަކީ ޝަރީޢާގެ ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހުކުއްޔާއި މެއިންޓަނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ އެ ފަރާތަކަށް %100ގެ ސަބްސިޑީގެ މަންފާ ލިބޭނެކަމަށް އެފްޑީސީން ވިދާޅުވެއެވެ. އަދި މަހެއްގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ޙާލަތުގައި ލިބޭ ސަބްސިޑީގެ އިންސައްތައަށް ބަދަލު އަންނާނެ ގޮތް އެކުންފުނިން ހިއްސާކޮށްފައިވެއެވެ.
މިގޮތުން މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހުކުލި ދައްކައިފިނަމަ %75 ސަބްސިޑީގެ މަންފާއެއް ލިބޭނެއެވެ. މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެމެހެއްގެ މަހުކުލި ދައްކަފިނަމަ ލިބޭނީ %50 ސަބްސިޑީއެއްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމެހެއްގެ މަހުކުލި ދައްކައިފިނަމަ %25 ސަބްސިޑީއެއް ލިބޭއިރު 26ވަނަ ދުވަހުގެ ފަހުން މަހުކުލި ދައްކާނަމަ ދައްކަންޖެހެނީ ސަބްސިޑީގެ މަންފާ ނުހިމަނާކަމަށް އެފްޑީސީން ވިދާޅުވިއެވެ.
އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން ކުއްޔަށް ހިފާ ފަރާތައް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ދިނުވުމުގެ އިޚުތިޔާރުލިބޭކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސެކިއުރިޓީގެ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު:
• 2 ކޮޓަރީގެ އެޕާޓްމަންޓް: 15،000 ރުފިޔާ
• 3 ކޮޓަރީގެ އެޕާޓްމަންޓް: 25،000 ރުފިޔާ
މަހުން މަހަށް ދައްކަންޖެހޭ ކުލި އަދި މެއިންޓެނަސްގެ އަދަދުތައް:
• 2 ކޮޓަރީގެ އެޕާޓްމަންޓް : 7000 ރުފިޔާ، މެއިންޓެނަންސް ފީ: 1000 ރުފިޔާ
• 3 ކޮޓަރީގެ އެޕާޓްމަންޓް: 9000 ރުފިޔާ، މެއިންޓެނަންސް ފީ: 1500 ރުފިޔާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރަން ފަށާފައެވެ. މި މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރު އަދި އަމާން ދޯދީގެ 6 ޓަވަރެވެ. އޭގެތެރޭގައި 3 ކޮޓަރީގެ އެޕަރޓްމަންޓަކީ 2800 ހައުސިން ޔުނިޓެވެ. މި އެޕަރޓްމަންޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
