
އާޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ އަތުން ގޯލު ޖެހި މެޗުގައި އިނގިރޭސިވިލާތުގެ ކީޕަރު ޕީޓަރ ޝިލްޓަން ލައިގެން ހުރި ޖާޒީ ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާ އަތުން ޖެހި ގޯލު ރެފްރީ ބަލައިގަތެވެ. އަދި މަކަރު ހޭނާ ޖެހި މި ގޯލުގެ ވާހަކަ އޭނާ ފަޅާ އަރުވާލީ އޭގެ އަހަރުތަކެއް ފަހުން އެ ވާހަކަ ދައްކަމުންނެވެ. މި ގޯލަށް ދީފައިވާ ވަނަމަކީ ހޭންޑް އޮފް ގޯޑް އެވެ.

މި ގޯލުގެ ސަބަބުން ވޯލްޑް ކަޕުގެ ތާރީހުގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ ވެސް މިއީ އެވެ. މި މެޗުގައި ޝިލްޓަން ޖާޒީ ނީލަމުގައި 3 ލައްކަ ޕައުންޑަށް ވިއްކާލެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. މި މެޗުގައި މަރަޑޯނާ ލައިގެން ހުރި 10 ނަންބަރު ޖާޒީ 2022 ވަނަ އަހަރު ވަނީ ނީލަން ކިޔައިފަ އެވެ. އެ ޖާޒީ ވިކިފައިވަނީ 7.1 މިލިއަން ޕައުންޑަށެވެ.
ޝިލްޓަންގެ ޖާޒީ ނީލަން ކިއުމުގެ ރަސްމިއްޔާ ބާއްވާނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ. މިއީ އެމެރިކާގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް ބާއްވާ ދުވަސްވަރެވެ. ނީލަން އިންތިޒާމް ކުރާ ފަރާތުން ޖުލައި މަހު މި އިވެންޓް ބާއްވަން ނިންމީ ވެސް ވޯލްޑް ކަޕާ ދިމާކޮށް، ނީލަމުގެ އަގު އުފުލިދާނެ ކަމަށް ބަލައިފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
