
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ދައުރުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި ފެށުނީ މުޅި ރާއްޖޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއެކު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ މިފެށުނީ ކުޅިވަރުގެ ބިޔަ ބޮޑު މަޝްރޫޢެއްކަމަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން ގިނަ ރަށްތަކެއްގައި މިމަޝްރޫޢު ފައްޓަވައިދެއްވާނެކަމަށް ވަޒިރު ހާމަކުރެއްވިއެވެ.
“މުޅި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާގޮތަށް ހުރިހާ ރަށެއްގައިވެސް ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރ ޤާއިމުކުރެވިގެން ދިއުމުގެ ބޮޑު މަޝްރޫޢެއް ފެށިގެން މިހާރު މިދަނީ. މިހާރު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގައި އެމަޝްރޫޢުގެ ފެށުން ހަމަ ގިނަ ރަށްރަށުގައި ފާހަގަކުރެވެމުން މިދަނީ. ބިންގާ އެޅުމުގެ މަޝްރޫޢާ އަދި އައުޓްޑޯރ ޖިމްގެ ކަންކަންވެސް ކުންފުނިތަކާ ޙަވާލުކުރެވިގެން ބިން އެލޮކޭޓްކޮށް އަދި އެތަނުގައި ފައުންޑޭޝަންގެ މަސައްކަތް ކުރެވޭގޮތަށް އިންތިޒާމު ހަމަޖެހިގެން މިދަނީ” ވަޒީރު ރާފިޢު ވިދާޅުވިއެވެ. މިސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު ދަނީ ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ކުޅިވަރުގެ މުޅިން އައު މަޝްރޫޢުތަކެއް ފެށިގެން ކުރިއަށްދާއިރު، ކުރިން މަސައްކަތްފައްޓާ އެހެންނަމަވެސް ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއް ނިންމުމުގެ މަސައްކަތްވެސް މިސަރުކާރުންވަނީ ފަށާފައެވެ. އެގޮތުން ދަނޑުތަކާއި، ކޯޓުތަކުގެ އާބާތުރަ ފިލުވުމާ މަރާމާތުގެ މަސައްކަތުގެ އިތުރުން އެންމެ ޒަމާނީ ފެންވަރަށް މި ތަންތަން ތަރައްޤީކުރުން ހިމެނެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ ނުނިމި ހުރި ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށިފަވާއިރު، ހަލުވި ދުވެލީގައި މިމަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމޭ ވަރަކުން އެކަން ފާހަގަކުރަމުންދާކަމަށް ވަޒީރު ވަނީ ހާމަކުއްވާފައެވެ. “އަޅުގަނޑުމެންގެ ސަރުކާރު އައި އިރުގައި ނުނިމިހުރި ބެއް މަޝްރޫޢުތައް ނިންމަމުން އެނިމުންވެސް އަޅުގަނޑުމެން އެބަ ފާހަގަކުރަން. އަދި ހަމަ އެއާއެކު ސްޕެޝަލް ޕްރޮޖެކްޓުން ބޭރުން ކުރީގައި އަދި އަޅުގަނޑުމެންގެ ސަރުކާރުން ފެށި މަޝްރޫޢުތައް އިތުރަށް ބާރަށް ކުރިއަށްގެންދެވޭނެ ގޮތަކަށް ރައްޔިތުންނާ ވާހަކަދައްކައިގެން ބިމުގެ ކުދިކުދި ކަންތައްތައް މައްސަލަޖެހިފައިހުރި ތަންތަން އެކަންތައްތައް ހައްލުކުރަމުން ރައްޔިތުންނަށް ބޭނުންވާ ގޮތަށް ރައްޔިތުންނާ ގާތުން އެމައްސަލަތައް ޙައްލުކޮށް އެކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެގޮތަށް އިންތިޒާކު ހަމަޖެހިގެން މިދަތުރުފުޅުގައި މިދަނީ” ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.
މިދައުރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން ވަޒީރު ދާދި ފަހުން ވިދާޅުވެފަވަނީ މި އަހަރުގެ މިހާތަނަށް 50 އަށްވުރެ ގިނަ ކުޅިވަރުގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރެވިއްޖެ ކަމަށެވެ. އަދި މިއަހަރަކީ ކުޅިވަރު ވުޒާރާއިން އެންމެ ގިނަ މަޝްރޫޢުތައް ނިންމާ ހަވާލުކުރާނެ އަހަރަށްވެގެންދާނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
