
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވާފައިވަނީ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެނދިކުޅުދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ކުޅިވަރުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވާނެކަމަށާ، އޭގެ ތެރޭގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާއި، ފުޓްސަލް ދަނޑުތައް މަރާމާތުކުރުމުގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
“ކުޅިވަރުގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރެވިގެންދާނެ. ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑުވާނީ ހަމަ ގިނަ ކަންތައްތަކެއް ކުރާނެކަމަށް ދަންނަވާފަ. ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާ، އަދި އޭގެ އިތުރަށް ހަލާކުވެފަ އޮތް ފުޓްސަލް ދަނޑު ހަދާދިނުމާ. ޖުމްލަކޮށް ޒުވާނުންނަށް، ޖުމްލަކޮށް ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތަކަށް ކުޅިވަރުގެ ވަސީލަތްތައް މިއަހަރު ފެށެންހުރި މަސައްކަތްތައް އޭގެ ތެރޭގައި ފިޓްނެސް ސެންޓަރުގެ މަސައްކަތް އަދި ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ މިދެންނެވި ފަދައިން ފުޓްސެލް ދަނޑު އަލުން ހަދައިދިނުމާ މިފަދަ ކަންތައްތައް އަޅުގަނޑުމެން ކުރާނަން” ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.
ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ނިންމާ ރައްޔިތުންނާ ހަވާލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މި މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ސަރުކާރުން މިދިޔަ އަހަރު ފަށާފަވާއިރު، މި މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރުވަނީ ނިންމާ ހަވާލުކޮށްފައެވެ. މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމުމަށްޓަކައި މިއަހަރުގެ މޭމަހުގެ ތެރޭގައި ހުއްޓިފައިހުރި ބައެއް ކުޅިވަރު މަޝްރޫއުތައް ނިންމުމަށް ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާވެސް ވަނީ ހަވާލުކޮށްފައެވެ.
މިއަހަރުގެ މޭމަހުގެ ތެރޭގައި ތަޞްދީޤުކުރެވުނު ކުޅިވަރު ޤާނޫނުގެ ދަށުން ދިވެހި ކުޅުންތެރިން އިތުރުކޮށް، ކުޅިވަރު ކުރިއަރުވާ ތަރައްޤީކުރުމާއެކު، ދިވެހި ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި “ޤައުމީ ކުޅިވަރު ފަންޑު”ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށްވެސް ރައީސް ޑރ. މުހަންމަދު މުޢިއްޒު ނިންމަވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
