
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހެނބަދޫގެ ރައްޔިތުން އެދޭގޮތަށް މިއަހަރުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ހެނބަދޫއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އެކަންކަން ފުރިހަމަކުރެއްވުމަށް ވަރަށް އިސްކަންދެއްވާކަމަށެވެ. އެރަށަށް ވަޑައިގަތީ އެ މަޝްރޫޢުތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުމަށްކަމަށާއި، ހެނބަދޫއަށް މިވަގުތު އެންމެ މުހިންމީ ރަށުގެ ފަޅުހިއްކުމުގެ މަޝްރޫޢުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެރަށް އެންމެ ބޮޑަށް ހިއްކޭވަރަށް ހިއްކާނެކަމަށް ވިދާޅުވެ، އެންމެ އަވަހަށް ކޮންޓްރެކްޓުކުރުމަށް ހުޅުވާލާ މަޝްރޫއުތަކުގެ ތެރޭގައި ހެނބަދޫގެ ބިން ހިއްކުން ހިމެނޭކަމަށްވެސް ވިދާޅުވެފައެވެ.
ބިންހިއްކުމުގެ ހަ ބެޗުގެ މަސައްކަތް މިހާތަނަށް ހަވާލުކުރެވިފައިވާކަމަށާއި، ހަތްވަނަ ބެޗު ފެށޭއިރު އޭގެތެރޭގައި ހެނބަދޫވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިއަހަރާއި، އަންނަ އަހަރަކީ ތަރައްޤީގެ މަޝްރޫއުތައް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އަހަރުކަން ފާހަގަކުރައްވާ މިއަހަރަކީ ހެނބަދޫގެ ތަރައްޤީއަށް މަޝްރޫޢުތަކެއް ފެށޭ އަހަރެއްކަމަށް ވިދާޅުވެފައެވެ. “ބިން ހިއްކާ ނިމޭއިރު ތޮށި ވަރަށް ކައިރިވާނެ ކަނޑާ. އެހެންވީމަ ބަލަންޖެހޭ ކަންކަން އެބަހުރި. ސެޕްޓެމްބަރަށް ދާއިރު ކޮންޓެކްޓަރަކާ މަޝްރޫޢު ހަވާލުކުރެވޭނެ. އަދި ނޮވެމްބަރު މަހު ހަތްވަނަ ބެޗުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށޭނެ. އެހެންވީމަ ހެނބަދޫގެ ބިން ހިއްކުންވެސް ފެށޭނެ”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި އެރަށުން ހިއްކެން އޮތީ ހަތްވަރަކަށް ހެކްޓަރުކަމަށާއި، ނަމަވެސް އެއީ ރަށަށް މުހިންމު މަޝްރޫޢެއްކަން ތަކުރާރުކުރެއްވިއެވެ. އެއީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ކުޅިވަރުގެ ވަސީލަތްތައްފަދަ ވަސީލަތް ޤާއިމްކުރުންފަދަ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށްދިއުމާ ގުޅިފައިވާ މަޝްރޫޢެއްކަމަށާއި، އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ހިއްކާ ބިމުގައި ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބިން ހިއްކުމާއި ތޮށިލުމާއި ފުޓު ބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށޭނެކަމަށް ވިދާޅުވެ ރައީސް ވަނީ އެޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ރައީސްގެ ވަޢުދުގައި މިސްކިތެއް ބިނާކުރުންވެސް ހިމެނޭއިރު، އެ މަޝްރޫޢުގެ މަސައްކަތް މި ދަތުރުފުޅުގައި ފެށުނުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި އެނޫންވެސް މަޝްރޫޢުތައްވެސް ރަށުގެ ތަރައްޤީއަށް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ސިއްޙީ މަރުކަޒުގެ ޚިދުމަތް ދެމުން އަންނަ ގަޑި އިތުރުކުރުމާއި، ޢިމާރާތުގެ މަސައްކަތާއި މުވައްޒަފުން އިތުރުކުރުންފަދަ ކަންކަންވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މަދުވެގެން 6 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ސިއްޙީ މަރުކަޒު ތަރައްޤީކޮށްދެއްވާނެކަމަށާއި، ކުޑަކުދިންގެ ޕާކެއްވެސް ތަރައްޤީކުރުން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީކުރުން ހިމެނޭކަމަަށާއި، މިހުރިހާ ކަމަކީވެސް ބިން ހިއްކުމުގެ މަޝްރޫޢާއި ގުޅިފައިވާ މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނަށް ޚިދުމަތްކުރައްވަންކަމަށާއި، ރައްޔިތުން އެދޭގޮތަށް އެކަން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
