
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ފެންވަރުގެ ޓާމިނަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ރަންވޭ ބޮޑުކުރުމަށްފަހު ސަރުކާރުން ވަނީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ މިމަހުގެ 8 ވަނަ ދުވަހު ޚިދުމަތް ރަސްމީކޮށް އިފްތިތާޙިކޮށްފައެވެ.
މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާއެކު މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އިންޓަނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަދިވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތާއި އަދި ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ހުންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
“އެންމެ މުހިންމު ކަމަކީ އެކަށީގެންވާ ފެންވަރުގެ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންދިއުން. ހަޤީގަތުގައި މިތަނުގައި މި އަތޮޅުގައި ވަރަށް ގިނަ ރިސޯޓްތައް ގިނަ އެނދުތައް ހުރުމާއި އަދި އިތުރުވުމުގެ މަރުހަލާގައި އުޅުމާއި އެކު އެބައޮތް ވަރަށް ބޮޑު ޕޮޓެންޝިއަލްއެއް. އެހެންވީމަ މިތަނުގައި ހުންނަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި އެއަރޕޯޓްގައި މިސާލަކަށް ހޮޓަލެއް ޓޫރިސްޓުން އައިސް ފުރުމާއި ދޭތެރޭގައި މަޑުކޮށްލަން ވަގުތީގޮތުން ހުންނަ ބޭނުންތަކަށް ހުންނަން ހޮޓަލެއް ހުރުމާއި ކަންތައްތަކެއް އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުމްލަކޮށް އެއަރޕޯޓްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެއަރޕޯޓަށް ގެންނަން ބޭނުންވާ ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތާއި އަދި ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނ. އަތޮޅަކީ ފަތުރުވެރިކަން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އަތޮޅެވެ. ޚާއްސަކޮށް އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ ރިސޯޓުތައް ނ. އަތޮޅުގައި ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ނ. އަތޮޅުގައި މިހާރުވެސް 8 ރިސޯޓް ހިންގަމުން އަންނައިރު، 14 ގެސްޓްހައުސް ހިންގަމުން އާދެއެވެ. އެހެންކަމުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ އެ ސަރަހައްދަށް މުހިންމު އެއަރޕޯޓެކެވެ.
މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
