
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރަނީ އެ މަޝްރޫޢު ކުރިއަށްގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިވެގެންނެވެ. އެއްބަސްވުމުގައި ސޮއިކުރަން ދާން ޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އެދުވަހެއްގައި ސޮއިކުރަން ދާން އަންގާ މީހުން އެކަންޏެވެ. އެދުވަހެއްގައި ސޮއިކުރަން ދާންޖެހޭ މީހުންނަށް އެކަން އަންގަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް ލިބުމުން، ސޮއިކުރަން ދިއުމުގެކުރިން ބޭނުންވާނެ ލިޔެކިޔުންތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ “ފަހި ޕޯޓަލް” އަށް އަޕްލޯޑްކުރަންވާނެކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
ފުރަތަމަ ސޮއިކުރަން ދާންޖެހޭ ފަރާތްތަކަށް މިހާރު ވަނީ ލިޔެކިޔުންތައް އަޕްލޯޑްކުރުމަށް، އެސްއެމްއެސް މެދުވެރިކޮށް އަންގާފައެވެ. އެއްބަސްވުމުގައި ސޮއިކުރަން އެޕޮއިންޓްމަންޓް ގަޑި ދޭނީ، ފަހި ޕޯޓަލްއަށް ލިޔެކިޔުންތައް އަޕްލޯޑްކުރުމުންނެވެ. ލިޔެކިޔުންތައް ވާންވާނީ ސައްޙަ، ސާފުކޮށް ކިޔަން އިނގޭ ލިޔެކިޔުމަކަށެވެ.
ޔުނިޓު ލިބުނުފަރާތްތަކުގެ ތެރެއިން އެފްޑީސީއިން އެސްއެމްއެސް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާގައި އެނގުން މުޙިއްމު މަޢުލޫމާތު!https://t.co/5CnX2iQgAA #fahidhiriulhun #amanmujthamauakah #emmengehihsaa #fahiportal
1-2 pic.twitter.com/f3lb5YcF41
— Fahi Dhiriulhun Corporation Limited (@Fdc_mv) July 20, 2025
ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފަވަނީ ހެނދުނު 9:00އިން ހަވީރު 04:00 ޖަހަންދެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގައެވެ. އެފްޑީސީން ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށެވެ. މި ލިސްޓަކީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެފްޑީސީއަށް ފޮނުވަމުންދާ ލިސްޓެވެ. މިމަޝްރޫޢުގައި “ދޯދި ޓަވަރު” އަދި “އުދަރެސް ޓަވަރު”ތަކުގައިވެސް ސްޓްރަކްޗަރަލް ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާފައެވެ. ހުރިހާ ޓަވަރުތަކުގައިވެސް ކުރަމުންދަނީ ފިނިޝިން މަސައްކަތްތަކެވެ.
އުދަރެސް ޓަވަރުތަކުގެ، އިމާރާތުގެ ގާތްގަނޑަކަށް %80 މަސައްކަތް ވަނީ ނިމިފައެވެ. އަދި ދޯދި ޓަވަރުތަކުގެ މަސައްކަތުގެ %86 ވަނަ ނިމިފައެވެ. އެގްރިމަންޓްގައި ސޮއިކޮށް، މިމަހުގެ ތެރޭގައި މީހުންނަށް ފްލެޓް ހަވާލުކުރަން ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
