
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނ. މާފަރު ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު މިއަހަރުގެ ފަހުކޮޅު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާފަރުގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދެއްވާކަމުގެ ޔަޤީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ މިންވަރަށް ޒަމާނީ ފެންވަރުގެ ސިއްޙީ މަރުކަޒެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން، ކައުންސިލާއި ސްކޫލުން އެދުނުގޮތަށް 4 ކްލާސް ރޫމް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑު ތަރައްޤީކުރުމުގައި ހުރި ލަސްތަކަށް ހައްލުއް ގެނެސް، އެ މަޝްރޫޢު ހިމެނޭހެން ކުޅިވަރުގެ ގިނަ ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި މަގުތައް ތަރައްޤީކުރުމުގެ ވަޢުދާއެއްގޮތަށް މިއަހަރުގެ ފަހުކޮޅު މުޅި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫޢު ފެށުމަށް ޕްލޭންކޮށްފައިވާއިރު، އޭގެ ތެރޭގައި މާފަރުވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއް ނިމިފައިވާއިރު، ޓަރމިނަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންވެސް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ނ. އަތޮޅަކީ ޓޫރިޒަމް ކުރިއަރާފައިވާ އަތޮޅަކަށް ވުމުން ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ޕްލޭންގައި އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާފަރު އެއަރޕޯޓަށް ގެންނަންބޭނުވާ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
“އެއަރޕޯޓަށް ގެންނަ ބޭނުންވާ ވަށާޖެހޭ ކަންކަމަށް ރިޔާއަތްކޮށް، ޓަރމިނަލް ހިމެނޭހެން އެއަރޕޯޓު ބޮޑުކުރުމުގެ ވިސްނުމުގައި ކުރިއަށް މިދަނީ. މާލަސްތަކެއްނުވެ އެއަރޕޯޓުގައ ޓަމިނަލް ހިމެނޭހެން ކުރަންޖެހޭ ކަންކަން ކުރާނެވާހަކަ ދަންނަވާލަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާ ވަހިކަން މުހިންމުކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މާފަރުގައި ބޯހިޔާ ވަހިކަމުގެ އައު މަޝްރޫޢު ފެށޭ ރަށަކަށް މާފަރު ކަނޑައަޅުއްވާފައިވާކަމުގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައްޔިތުން ބޭނުންވާ އެތައްކަމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެ މަޝްރޫއުތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
