
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި ޗައިނާގެ ވައިސް ގަވަރުނަރު އޮފް ފުޖިއާން ޕްރޮވިންސް ވެއި ޝިއައޮކުއި އެވެ. އިއްޔެ ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން މީހުން ބިނާކުރުމުގައިވެސް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން ޗައިނާގެ އެހީތެރިކަމާއެކު ވޮލީ ބޯޅަ ކޯޗުން ތަމްރީނުކޮށްދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ ފުރުސަތަތުތައް ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅީވަރު ސާމާނުގެ ތެރޭގައި ޓޭބަލްޓެނިސް މޭޒާއި ޖޯޒީ އާއި އަދިވެސް އެހެނިހެން ސާމާނު ހިމެނެއެވެ. މިއަހަރުގެ ކުރީކޮޅުވެސް ފުޖިއާން ޕްރޮވިންސުން ވަނީ ރާއްޖެއަށް ބައެއް ސާނާމު ހަދިޔާކޮށްފައެވެ. އެފަހަރު ހަދިޔާކުރީ އެތްލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފުޓްބޯޅަ އާއި ގުޅުންހުރި ސާމާނެވެ. އޭގެތެރެއިން ބައެއް ތަކެތި މިހާރު ބޭނުން ކުރަމުން އަންނަނީ ރަށްރަށުގައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ކުރީކޮޅު ކުޅިވަރު ވަޒީރު ރާފިއު ވަނީ ފުޖިއާން ޕްރޮވިންސަށް ވަޑައިގެން އެތަނުގެ ގަވަރުނަރާއިވެސް ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި ވަޒީރު ވަނީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން މަތީފަންތީގެ ކާމިޔާބީތައް ހޯދުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭ ގޮތުން ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ގާއިމުކުރާ ކުޅިވަރު ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމާއި، މީހުން ބިނާ ކުރުމުގައި ދިވެހިރާއްޖެއަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން އެ ދަތުރުގައި ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރުވެސް ވަނީ ދެއްވާފައެވެ.
ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާއި ދެމެދު މިއަހަރުގެ ފެބުރުއަރީމަހު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. މި ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި، އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މި ފަހުމުނާމާގައި ސޮއިކުރެވުނުއިރު، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސަށް ޒިޔާރަތްކުރައްވާފައެވެ. އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
