
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 27 އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ، ޕާކިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގައި ރާއްޖެ ހިމެނިއްޖެއެވެ. މިމުބާރާތުގައި ވާދަކުރާ ހަތް ގައުމުގެ މެދުގައި ގުރު ނަގާފަވާއިރު ދެން މިމުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް އާއި ނޭޕާލް އަދި މުބާރާތް ބާއްވާ ސްރީލަންކާ ހިމެނިފަވަނީ ގުރޫޕް އޭގައެވެ. ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ބޭއްވުމަށްހަމަޖެހިފައިވާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ތިން އުމުރުފުރާއަކުން ޓީމުތައް ވާދަކުރާނެއެވެ. އެއީ 15 އަހަރުންދަށާއި، 16 އަހަރުންދަށުގެ އިތުރުން 17 އަހަރުންދަށުގެ ޓީމުތަކެވެ. މިއީ މިތިން އުމުރުފުރާ ހިމެނޭހެން ސާފުން އިންތިޒާމުކުރާ 10 ވަނަ މުބާރާތެވެ.
އޭއެފްސީ ކޮލިފައިންގެ ތާވަލަށް ބަލައިގެން މިމުބާރާތް ރާވާފަވާއިރު 17 އަހަރުންދަށުގެ އުމުރުފުރާ ހިމެނޭހެން ބާއްވާ މިއީ 3 ވަނަ މުބާރާތެވެ. މީގެ ކުރިން ނިމުނު ދެ މުބާރާތްވެސް އިންޑިއާއިން ކާމިޔާބުކޮށްފަވާއިރު، އެއަހަރު ރާއްޖޭގެ ޓީމު ހިމެނުނީ އިންޑިއާ އަދި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ.
ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުތައް އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ތަފާތު ގިނަ ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން 2023 ވަނަ އަހަރު ބޫޓާނުގައި ކުރިއަށްދިޔަ 16 އަހަރުންދަށުގެ މުބާރާތުގެ ސެމީފައިނަލުގައި ރާއްޖެއިން ކުޅެފަވާއިރު، މިއަހަރު ކުރިއަށްދިޔަ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަވާކަން ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
