
ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާނެކަން ސަރުކާރުން އިޢުލާނުކޮށްފަވާއިރު، މިހާރު ކުރިއަށްދަނީ އެއަރޕޯޓްގެ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅިން އައު ޕްރޮޖެކްޓެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަސައްކަތް ކުރިއަށްގެންދާ ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މަޢުލޫމާތުދޭގޮތުގައި، މުޅި މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
ވަކިވަކި މަސައްކަތްތަކަށް ބާލާއިރު، ޕެސެންޖަރ އަދި ޖެޓީ ޓަރމިނަލް ބިލްޑިންގެ %92 ވަނީ ނިމިފައެވެ. ދިވެހި ވަންތަކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފަވާ ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ރަންވޭއާއި އޭޓީސީ ޓަވަރު، ކަރގޯ ބިލްޑިން، ހެންގަރު ޓެކްސީވޭ އަދި ޔުޓިލިޓީ ފެސިލިޓީތަކުގެ %99 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ އެއަރޕޯޓް ޓަރމިނަލްގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން ޓަރމިނަލްގެ އެރައިވަލްގައި ބޭނުންކުރާ ވަސީލަތްތައް އިންސްޓޯލްކޮށް ޓެސްޓުކުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. ޑިޕާޗަރ އޭރިއާ ނުވަތަ އެއަރޕޯޓުން ފުރާ މީހުން ބޭނުންކުރާ ސަރަޙައްދުގައި ކުރަމުންދަނީ، އިމާރާތުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓްގެ ޖެޓީގެ މަސައްކަތްތައްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ހަނިމާދޫ އެއަރޕޯޓްގައި ޓަރމިނަލް ފްރަންޓް ބިލްޑިންގުވެސް ހިމެނެއެވެ. މި އިމާރާތަކީ އެއަރޕޯޓް ބޭނުންކުރާ މީހުން މަޑުކޮށްލައިގެން ތިބުމާއި، އަދި ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ތަނެކެވެ. އެއަރޕޯޓާ ގުޅޭ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ގާތްގަނޑަކަށް މުޅިން ނިންމާފައެވެ.
މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. ހަނިމާދޫ އާ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފަ ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ. ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް 24 ގަޑިއިރު މަސައްކަތްތައް ކުރިއަށްގެންދަމުންދާއިރު، އެއަރޕޯޓް މަސައްކަތުގައި 800އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
