
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލުން ދޭ ޚިދުމަތަކީ ދިވެހި ފަތުރުވެރިކަމުގެ ސިނަޢާތުން މިހާރު ދެމުންދާ ޚިދުމަތާއި އެކަށޭނެ ފެންވަރުގެ ޚިދުމަތަކަށްވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ. އެމްއޭސީއެލްއިން ވަނީ އައު ޓާމިނަލާއެކު ފަތުރުވެރިކަން ފުޅާކުރަން އިތުރު ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ މައި ދޮރާށި ވެލާނާ އެއަރޕޯޓު ބޭނުން ކުރާ މީހުންނަށް ބަލާއިރު، 90 އިންސައްތަ ފަސިންޖަރުންނަކީ ފަތުރުވެރިންކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެއެވެ. ނަމަވެސް މިވަގުތު ޚިދުމަތް ދޭ ޓަރމިނަލަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި އެކަށީގެންވާ ފެންވަރެއްގެ ޚިދުމަތެއްދެވޭ ތަނެއް ނޫން ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.
ހޭޔަންބޯ ޕްރޮގްރާމުގައި އައު ޓާމިނަލާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަރީފް ވަނީ އައު ޓަރމިނަލް ހުޅުވުމުން ދެވޭ ޚިދުމަތް އަވަސްވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. “އިރާދަ ކުރެއްވިއްޔާ އައު ޓަރމިނަލުގެ އަޅުގަނޑުމެންގެ އަޔާޓާ މިންގަނޑުތަކުން އެންމެ މައްޗާ ޖެހިގެން އިން ދަރަޖައިގައި ހުންނާނެ. އޭގެ މާނައަކީ އަޅުގަނޑުމެންގެ މަޑުކުރަން ޖެހޭ ވަގުތާއި، ސަލާމަތާއި ރައްކާތެރިކަން މިތަނުން ލިބެން ހުންނަ ޑިއުޓީ ފްރީއާއި، މިހުރިހާ ކަމެއްގެ ސާވިސް އެހެރީ ދުނިޔޭގެ ފެންވަރަށް ގެނެވިފައި. އަޅުގަނޑު މިދެންނެވިހެން ފަތުރުވެރިކަމުގެ ސިނާޢަތައް ޚިދުމަތް ކުރާ ތަނެއްވިއްޔާ އެ ފެންވަރަށް ޚިދުމަތް ގެންދަން އެބަޖެހޭ. ” ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އައު ޓަރމިނަލާއެކު ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބޭނެކަން ޝަރީފް ފާހަގަކުރައްވައެވެ. ވެލާނާ އެއަރޕޯޓު މިވަގުތު ގިނަ ފްލައިޓުތައް ޖައްސާ އެންމެ ބާރުބޮޑުވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން މެނދުރު ފަހު 3:00 އާއި ދެމެދުއެވެ. މިގަޑިތަކުގައި ގިނަ އެއަރލައިންތައް އަންނައިރު، އެއަރލައިންތަކުގެ އަދަދު އިތުރު ނުކުރެވެނީ ޖާގައިގެ ދަތިތައް ހުރުމުން ޚިދުމަތް ދިނުމަށް ހޭދަވާ ވަގުތު އިތުރު ކުރުވޭނެ ފުރުސަތު ނެތުމުންނެވެ. ޝަރީފް ވަނީ އައު ޓަރމިނަލް ހުޅުވުމުން މި ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
“85% ފަސިންޖަރުން އަންނާނީ މިގަޑީގައި. އެހެންވީމަ އަބަދުވެސް ކޮންމެ އެއަރލައިނަކުން ބޭނުންވާނެ. އިތުރު ސްލޮޓްސް. އެހެންވީމަ މި ޓަރމިނަލް ހުޅުވުމުން އިތުރަށް މި ދެންނެވި ޕްރައިމް ޓައިމްގައި އަންނަން ބޭނުންވާ އެއަރލައިންތަކަށް ފުރުސަތު ފަހިކޮށްދެވޭނެ. އަޅުގަނޑުމެންނަކީ ޓުއަރިޒަމް އިންޑަސްޓްރިއާއި އަތާއި އަތްގުޅާލައިގެން މަސައްކަތް ކުރާ ބައެއް.” ޝަރީފް ވިދާޅުވިއެވެ. ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ. މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވާއިރު، މިއީ ޒަމާނީ ގިނަ ޚިދުމަތްތަކާއި އެކު ހުޅުވާ ޖާގަ ތަނަވަސް ޓަރމިނަލެކެވެ. މިތަނާއެކު މިހާރު ޚިދުމަތް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
