
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ދެކުނުގައި އޮތް އަލް-ސުވަޔިދާގައި އަނެއްކާ ވެސް ހަމަނުޖެހުން ހިންގަން ފަށައިފިއެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ދުރޫޒީ ދީނުގެ މީހުންނާއި ބަދަވީންނާ ދެމެދު އަލުން ހަަމަނުޖެހުން ހިންގަން ފަށާފައި މި ވަނީ، ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށް ސޫރިޔާގެ ސަރުކާރު ފައުޖުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެ ކަން ހާސިލު ކުރުމަށް ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރު ނުކުޅެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ބަރުހަތިޔާރާ އެކު ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިން ސުވަޔިދާއަށް ފޮނުވާފައި ވަނީ، ދުރޫޒީންނާއި ބަދަވީންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމުގެ ބޭނުމުގައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާ، ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސް (އެސްއޯއެޗްއާރު)ން ބުނީ، ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ އަަދަދު 940އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ބަދަވީ ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީން ވެސް ވަނީ މި ކަމުގެ ތެރެއަށް ބޭނިގަނެފައެވެ. އަދި، ދުރޫޒީންގެ ދިފާޢުގައި ކަމަށް ބުނެ ސުވަޔިދާގައި ތިިބި ސޫރިޔާގެ ސިފައިންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައެވެ. ވެރިރަށް ދިމިޝްޤުގައި ހުރި ސޫރިޔާގެ ދިފާޢީ ވުޒާރާގެ މައި މަރުކަޒަށް ވެސް ޔަހޫދީން ބޮން އެޅިއެވެ. އެ ޙަމަލާތަކުގައި ސޫރިޔާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ އަދަދުތައް ސާފެއް ނޫނެވެ. އެޗްޓީއެސްގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވަނީ އިޢުލާނު ކޮށްފައެވެ.
ސުވަޔިދާގައި ހިންގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރެވިފައިވާ ކަން ޖުލައި 19ވަނަ ދުވަހު އެޗްޓީއެސް ސަރުކާރުގެ ދާޚިލީ ވުޒާރާއިން އިޢުލާނު ކުރިއެވެ. އަދި، ސުވަޔިދާގައި ހަރަކާތްތެރިވަމުން ދިޔަ ހަތިޔާރު އެޅި ޖަމާޢަތްތައް ހުއްޓުވާފައިވާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. އެ ކަން ހާސިލު ކުރުމުގައި ޢަރަބި ޤައުމުތަކުގެ އިތުރުން އެމެރިކާގެ އެހީތެރިކަން ލިބުނު ކަމުގައި ސޫރިޔާގެ ވަގުތީ ރައީސް އަޙްމަދު އަލް-ޝަރާޢު ބުންޏެވެ. އަދި، މި ކަމުގެ ތެރެއަށް ޔަހޫދީން ބޭނިގަތުމާ އެކު މަސްރަޙު އިތުރަށް ގޯސްވެގެން ދިޔަ ކަމުގައި ވެސް އޭނާ ބުންޏެވެ. ސުވަޔިދާގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ ޝަރާޢުގެ ސަރުކާރަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ބަޣާވާތެއް ހިންގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށް، އެޗްޓީއެސުން ސޫރިޔާގެ ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އެއަށް ފަހު، އަސަދު ނިސްބަތްވެ ވަޑައިގަންނަވާ އަލް-ޢަލަވިއްޔަތު ނުވަތަ އަލް-ޢަލަވީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޝަރާޢުގެ ފައުޖުތަކުން ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވުނެވެ. ޔަހޫދީންނަށް ވާގިވެރިވާ ހުޅަނގުގެ މީޑިޔާތަކުން މިހާރު ބުނަމުން ދަނީ ދުރޫޒީ ދީނުގެ މީހުންނަށް ވެސް ޝަރާޢުގެ ފައުޖުތަކުން ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. ދުރޫޒީންނަކީ ސުވަޔިދާގެ އިތުރުން ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ ބިންތަކާއި، ލުބްނާންގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ބަޔެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
