
ކޯމާއެއްގައި އޮންނަވާތާ 20 އަހަރުވެފައިވާ ސަޢުދީ ޢަރަބިއްޔާގެ އަމީރެއް ކަމަށްވާ އަލްވަލީދު ބިން ޚާލިދު ބިން ޠަލާލް އަވަހާރަވެއްޖެއެވެ. “ސްލީޕިންގ ޕްރިންސް”ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމީރު އަލްވަލީދު ކޯމާއަކަށް ދިޔައީ އޭނާ އިނގިރޭސިވިލާތުގައި ކިޔަވަން ހުންނެވި ދުވަސްވަރު އެކްސިޑެންޓެއްވުމަށް ފަހުގައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. 2005ވަނަ އަހަރު ލަންޑަންގައިވި މި އެކްސިޑެންޓަށްފަހު އެއްވެސް ވަރަކަށް އޭނާގެ ހޭ އަރައިފައެއް ނުވެއެވެ. ފާއިތުވި 20 އަހަރު އޭނާގެ ޞިއްޙީ ކަންކަން ގާތުން ބަލަމުން ދިޔަ ނަމަވެސް މަދު ފަހަރެއްގައި ނޫނީ ހަށިގަނޑުން އެއްވެސް ޙަރަކާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މި ގޮތަށް ކުޑަ ޙަރަކާތެއް ފެނުމުން ވެސް އަމީރު އަލްވަލީދުގެ ޢާއިލާއަށް އޭނާ އަލުން ހޭލައްވާނެ ކަމުގެ އުއްމީދު އައުވެގެން ދެއެވެ.
ފާއިތުވި 20 އަހަރު އަމީރު އަލްވަލީދު އޮންނެވީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ދިރުއްވުމާއި މަރު ހިއްޕެވުމަކީ ހަމައެކަނި اللهފެ އަތްޕުޅުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ، އަލްވަލީދުގެ ބައްޕާފުޅު، ޚާލިދު ބިން ޠަލާލް ވަނީ އޭނާގެ ދަރިކަލުން ވެންޓިލޭޓަރުން ނެގުމަށް ދެކޮޅުހައްދަވައިފައެވެ. ފާއިތުވި އަހަރުތަކުގައި ޚާލިދު ބިން ޠަލާލް ދިޔައީ އޭނާގެ ދަރިކަލުންނާ ގުޅޭ މަޢުލޫމާތު މީސްމީޑިޔާގައި ޙިއްޞާކުރައްވަމުންނެވެ. ރަމަޟާން މަހާއި ޢީދު ފަދަ ޙާއްޞަ މުނާސަބަތުތަކަށް ދަރިކަލުން ހަސްފަތާލުގައި އޮންނަވާ ކޮޓަރި ވެސް ޒީނަތްތެރި ކުރައްވައެވެ. “ސްލީޕިންގ ޕްރިންސް”އަށް އެތައް މިލިޔަން މީހުންގެ ލޯތްބާއި ހަމްދަރުދީ ދިޔައީ ލިބެމުންނެވެ.
އަމީރު އަލްވަލީދު އަވަހާރަވިކަން އޭނާގެ ބައްޕާފުޅު އިޢުލާނުކުރެއްވީ މީސްމީޑިޔާގެ މަންސައެއް ކަމަށްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީރު އަލްވަލީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރިޔާޟުގައި ހުންނަ އިމާމް ތުރްކީ ބިން ޢަބްދުالله މިސްކިތުގައެވެ. އޭނާ އަވަހާރަވިއިރު އުމުރަކީ 36 އަހަރެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
