
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން މެދުކެނޑިިމެއްނެތި ޙަމަލާދެމުންދާ ފަލަސްޠީނުގެ ޣައްޒާގެ ދަރިވަރުން ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނެއް ހަނގުރާމައިގެ ޙާލަތުގައި ހަދަން ތައްޔާރުވެއްޖެއެވެ. މި އިމްތިޙާނު އިންތިޒާމުކޮށްފައި ވަނީ ޣައްޒާގެ ތަޢުލީމާބެހޭ ވުޒާރާއިންނެވެ. އިމްތިޙާނު ބާއްވާނެ ކަމަށް ޣައްޒާގެ ތަޢުލީމީ ވުޒާރާއިން އިޢުލާނުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅެވެ. މިއީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ބާއްވައި މި ފަދަ ފުރަތަމަ އިމްތިޙާނެވެ.
ޣައްޒާގެ ހައި ސްކޫލްތަކުގެ ގިނަ ދަރިވަރުން މިހާރު ޔުނިވަސިޓީއަށް ދާންޖެހޭ ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ދަރިވަރުންނަށް ވަނީ އަދިވެސް ހައި ސްކޫލު ފެންވަރުގައި މަޑުކުރުމަށް މަޖުބޫރުވެފައެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ތަޢުލީމީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ. މަދަރުސާތަކާއި އެ ފަދަ އެހެން އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އެހެންކަމުން، ޣައްޒާގެ ތަޢުލީމީ ވުޒާރާއިން މި އިމްތިޙާނު އިންތިޒާމުކޮށްފައި ވަނީ ހައި ސްކޫލު ނިންމުމުގެ ފުރުޞަތު މި ދަރިވަރުންނަށް ދިނުމަށްޓަކައެވެ. ޣައްޒާގެ ތަޢުލީމާބެހޭ ވުޒާރާއިން ބުނީ 1،500އެއްހާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވުމަށް ނަން ދީފައިވާ ކަމަށެވެ. އިމްތިޙާނު ބާއްވަނީ ޚާއްޞަ ސޮފްޓްވެއަރއެއްް ބޭނުންކޮށްގެން އޮންލައިންކޮށެވެ. އިމްތިޙާނުގެ ކަންކަން އޮމާންކޮށް ގެންދިޔުމަށް ޓެކްނިކަލް ތައްޔާރީތައް ދުރާލައި ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ބައެއް ދަރިވަރުން އިމްތިޙާނު ހަދާނީ ގޭގައި ތިބިގެންނެވެ. އަނެއްބައި ދަރިވަރުން އެ އިމްތިޙާނު ހަދާނީ އިމްތިޙާނު ހެދުމަށް ޚާއްޞަކުރާ ވަކި ތަންތަނުގައެވެ. ކޮންމެ ދުވަހަކު ވެސް ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ޙަމަލާދެމުންދާއިރު، ދަރިވަރުން އިމްތިޙާނު ހަދާނެތަން ކަނޑައަޅާނީ ދަރިވަރުން ތިބި ސަރަޙައްދާއި ނުރައްކާ އޮތް މިންވަރަށް ރިއާޔަތްކުރުމަށް ފަހުގައެވެ. މި އިމްތިޙާނަކީ މަތީ ތަޢުލީމު ޙާޞިލް ކުރުމަށް ބޭނުންވާ ޣައްޒާގެ ދަރިވަރުންނަށް ކޮންމެހެން މުހިންމު އިމްތިޙާނެކެވެ. އެ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދިއްޖެނަމަ ސްކޮލަޝިޕްތައް ހޯދުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެއެވެ. ހަނގުރާމައިގެ މައިދާނެއްގައި، ކުލާސްރޫމެއް، ފޮތެއް ނެތި، އަދި އިންޓަނެޓު ވެސް ރަނގަޅަށް ނުލިބުނު ނަމަވެސް، ޣައްޒާގެ ދަރިވަރުން ދަނީ ހަނގުރާމައިގެ ސަބަބަުން އެ ދަރިވަރުންގެ މުސްތަޤުބަލު ބަނަވިޔަ ނުދިނުމަށް އަދި ވެސް ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.
ސެންޓްރަލް ޣައްޒާ ގޮވަރނޮރޭޓުގެ އިމްތިޙާނާބެހޭ ޑިރެކްޓަރު، މުރާދު އަލް-އަޣްހާ ވިދާޅުވީ އިމްތިޙާނު ހެދުމަށް ބޭނުންވާ އެޕްލިކޭޝަން ދަރިވަރުން ޑައުންލޯޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިމްތިޙާނު ހެދުމުގައި ކުރިމަތިވާ ގިނަ ހުރަސްތަކެއް އަދިވެސް އެބަހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ދަތިތަކާގުޅޭ ކަންބޮޑުވުންތައް ތަޢުލީމީ ވުޒާރާއާ ޙިއްޞާކޮށްފައިވާ ކަމަށާއި ދަރިވަރުންނަށް ބުރޫއެރުމެއްނެތި އިމްތިޚާނު ހެދޭނީ އެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޣައްޒާގެ ދަރިވަރުން އިމްތިޙާނު ހެދުމަށް ގިނަ ދަތިތަކާ ދަނީ ކުރިމަތިލަމުންނެވެ. ކެފޭތަކާއި ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ތިބިގެން އެ ދަރިވަރުން އިންޓަނެޓަށް ލޮގިންވެއެވެ. އެއީ ޗާޖު ހުރި ލެޕްޓޮޕެއް، ފޯނެއްފަދަ އާލާތެއް އަތުޖެހިއްޖެނަމައެވެ. ފަހު އިމްތިޙާނުގެ ކުރިން ޣައްޒާގެ ދަރިވަރުން ވަނީ މޮކް ޓެސްޓެއް ވެސް ފުރިހަމަކޮށްފައެވެ. އެ ޓެސްޓުގެ ބޭނުމަކީ ދަރިވަރުންގެ ޢިލްމުހުރި މިންވަރު ބެލުމުގެ އިތުރުން ޓެސްޓުހަދާ ނިޒާމުގެ އަޖުމަ ބަލައިލުމެވެ.
ޣައްޒާގެ ދަރިވަރުން ބުނީ އޮންލައިންކޮށް އިމްތިޙާނު ހެދުމަކީ އެ ދަރިވަރުންނަށް ފަސޭހަކަމެއް ނޫން ކަމަށެވެ. އިންޓަނެޓު ރަނގަޅަށް ނުލިބޭއިރު، އަދި އިމްތިޙާނު ހެދުމަށް ބޭނުންކުރާނެ އާލާތެއްް ގިނަ ދަރިވަރުންގެ އަތުގައި ނެތުމަކީ ވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އެ ދަރިވަރުން ފާހަގަކުރެއެވެ. އަދި އިމްތިޙާނު ހަދަން ތިބޭނެ ރައްކާތެރި ސަރަޙައްދެއް ނެތް ކަމަށް ވެސް އެ ދަރިވަރުން ބުނެއެވެ. ބޮމުގެ ޙަމަލާތަކުގައި ދަރިވަރުންގެ ފޮތްތައް ނެތިގޮސްފައިވާ ކަމަށް ވެސް ބައެއް ދަރިވަރުން ބުނެއެވެ. ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް މުދައްރިސުން ވަނީ ގެއްލުން ލިބިފައިވާ ބައެއް ކުލާސްރޫމުތައް ހުޅުވާލައި، ދަރިވަރުން ކައިރީގައި ބައިތިއްބައިގެން އިމްތިޙާނަށް ތައްޔާރުވުމަށް އެހީތެރިކަން ދެމުންނެވެ.
ޣައްޒާގެ މުދައްރިސެއް ކަމަށްވާ އީނަމް އަބޫ ސުލިސާ ބުނީ މިއީ ދަރިވަރުން އޮންލައިންކޮށް އިމްތިޙާނެއް ހަދައި ފުރަތަމަ ފަހަރު ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންނަށް އޮޅުންތައް އަރަމުންދާ ކަމަށެވެ. އެހެންކަމުން، މުދައްރިސުން މަސައްކަތް ކުރަމުންދަނީ އިމްތިޙާނަށް ދަރިވަރުން ތައްޔާރުވާނެ ގޮތް އެ ދަރިވަރުންނަށް ކިޔައިދިނުމަށް ކަމަަށް އޭނާ ވަނީ ބުނެފައެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ތަޢުލީމީ އިމާރާތްތަކަށް ގެއްލުން ދިނުމުގެ ސަބަބުން 660،000އަށްވުރެ ގިނަ ދަރިވަރުން ވަނީ މަދަރުސާއަށް ދިޔުމުން މަހުރޫމުވެފައެވެ. އދން ބުނީ އެއީ ޣައްޒާގެ މަދަރުސާއަށްދާ އުމުރުފުރައިގެ މުޅި އާބާދީ އެއްކޮށްހެން ކަމަށެވެ.
އދން ޣައްޒާގައި މީގެ ކުރިން ހިންގަމުންދިޔަ މަދަރުސާތައް މިހާރު ބޭނުންކުރަމުން ދަނީ ވަގުތީ ހިޔާތަކުގެ ގޮތުގައެވެ. އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ޔަހޫދީން ގިނަ ޙަމަލާތަކެއްދެއެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާ، ޔޫއެންއެޗްއާރުސީން ނެރުނު ރިޕޯޓެއްގައި ބުނީ ޣައްޒާގެ ތަޢުލީމީ ނިޒާމު ސުންނާފަތިކޮށްލުމަށް ޔަހޫދީން ޙަމަލާދީފައި ވަނީ ރޭވުންތެރިކަމާއެކުގައި ކަމަށެވެ. އެ ރިޕޯޓުގައި މި ޢަމަލުތައް ސިފަކޮށްފައި ވަނީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
