
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهން އަމާންދީ، ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅޭކަމުގެ އިޝާރާތެއް، އެ ޖަމާޢަތުގެ އިސްވެރިޔާ، ނަޢީމް ޤާސިމް ދެއްވައިފިއެވެ. ނަޢީމް ޤާސިމް މިއަދު ވިދާޅުވި ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުތައް ހުއްޓުވާނެ ބަޔަކު ނެތްނަމަ، މުޅި ލުބުނާނު ޔަހޫދީންގެ އަތް ދަށަށް ގެންދާނެއެވެ. “އިސްރާއީލަށް އަމާންދީ، ހަތިޔާރެއް ނުބަހައްޓާނަން. އިސްރާއީލުން އަހަރެމެންގެ ހަތިޔާރުތައް އަތުލުމުގެ ފުރުޞަތެއް ނުދޭނަން،” ވީޑިޔޯ މެސެޖެއްގައި އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ލުބުނާނުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފައްޓަވާފައިވާއިރު، އޭނާ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲއިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓައިލާނެކަމަށް ހުށަހެޅުއްވައިފައެވެ. ނަމަވެސް، ނަޢީމްގެ މި މެސެޖާ ގުޅިގެން، ބަރަކްގެ ހުށަހެޅުމަށް ދެން ވާނެ ގޮތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ފާއިތުވި ދުވަސްތަކުގައި ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ. އެ ފަރާތްތަކުން ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ގޮވައިލަނީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނެއެވެ. ހަނގުރާމައިގެ ފަހުން ލުބުނާނުގެ ހިންގުމާ ޙަވާލުވެފައިވާ އައު ސަރުކާރުން ވެސް ހަތިޔާރު ގެންގުޅެންޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނަމުންދާއިރު، ސަރުކާރުން ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން އަމަލު ކުރުމަށް ވެސް ގޮވައިލަމުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ. ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔަހޫދީންގެ ޢުދުވާނުތައް އަނެއްކާވެސް ފުޅާކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، އެމެރިކާގެ މި ހުށަހެޅުމުގެ ސަބަބުން، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ފައުޖުތައް ފޭބުމުގެ ފުރުޞަތު ވެސް ލިބޭ ކަމަށެވެ.
2000ވަނަ އަހަރު، ޔަހޫދީންގެ އަތްދަށުން ލުބުނާނުގެ ދެކުނު މިނިވަންކުރުމުގައި ޙިޒްބުﷲން އިސް ދައުރެއް އަދާކުރިކަމަށް ޤަބޫލުފުޅު ކުރެއްވި ނަމަވެސް، އެ ޖަމާޢަތުގެ ހަތިޔާރުތައް، ލުބުނާނުގެ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ ވަގުތު މިހާރު ޖެހިފައިވާކަމަށް ސަލާމް ވިދާޅުވިއެވެ. ލުބުނާނުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ދަނީ ޙިޒްބުاللهޤގެ އަސްކަރީ މަޤާމުތައް ދެކުނު ލުބުނާނުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންނެވެ. ދެކުނު ލުބުނާނުގެ ފަސް ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ކޮންމެ ދުވަހަކުހެން ޔަހޫދީން ވައިގެ ޙަމަލާތައް ދެއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވިފަހުން 250އެއްހާ މީހުން ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
