
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ޖޫނިއަރ ގައުމީ ނެޓްބޯޅަ ޓީމުގެ ކާމިޔާބީގެ އަސްލަކީ ހިތްވަރާއި ޓީމު ވޯކުގެ ވަރުގަދަކަން ކަމަށް ޓީމުގެ ކޯޗު ނީޝާ ހަލީމް ބުނެފިއެވެ. ޖޫނިއަރ ގައުމީ ނެޓްބޯޅަ ޓީމުން ވަނީ މިދިޔަ ޖޫންމަހު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހާސިލްކޮށްފައެވެ. އޭގެ އިތުރުން އެމުބާރާތުން ހޯދި ފަޚުރުވެރި ވަނައާއެކު ރާއްޖޭގެ ޖޫނިއާ ނެޓްބޯޅައިގެ މިހާރުގެ ރޭންކިންގ ވަނީ ހަތް ވަނައަށް ކުރިއަށްޖެހިލާފައެވެ.
މީގެ އިތުރުން މިޓީމުން ވަނީ މިއަހަރުގެ މޭމަހު ހޮންގކޮންގުގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުގައިވެސް ވާދަކޮށް ރާއްޖެއަށް ތިންވަނަ ގެނެސްދީފައެވެ. ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ ޖޫނިއާ ގައުމީ ނެޓްބޯޅަ ޓީމުން ބައިނަލްއަޤްވާމީ މައިދާނަށް ނުކުމެ، ހޯދަމުންދާ ކާމިޔާބީތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނީޝާ ބުނީ އެޓީމުން ހޯދަމުންދާ ކާމިޔާބީގެ އަސްލަކީ ހުރިހާ ކުދިންވެސް އެކަތިގަނޑެއްގެ ގޮތުގައި ދައްކަމުންދާ ޓީމު ވޯކުކަމަށެވެ. އަދި ގާތްގާތުގައި މެޗުތައް ކުޅެންޖެހި ވަރުބަލިވި ނަމަވެސް ގައުމީ ޖޫނިއާ ޓީމުގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރަކީ ޓީމުގެ ކާމިޔާބީގެ އަސްލުކަމަށް އޭނާ ސިފަކުރިއެވެ.
“މީ ހަމަ އަސްލުގައި ޓީމު ވޯކު ވަރަށް ބޮޑަށް ފާހަގަކުރެވިގެން ދިޔަ. ދެން ހަމަ ވަރުގަދަ ޓީމުތަކަކާއެކު ކުޅެގެން މިދިޔައީ ހަމަ ކޮންމެ ދުވަހަކު މެޗެއް އޮންނާތީވެސް ވަރަށް ވަރުބަލިކަން އިހުސާސްވޭ ކުޅުންތެރިންގެ ފަރާތުން. އެކަމުވެސް ހަމަ ހިތްވަރު، ޓީމު ވޯކް އަޅުގަނޑު ފާހަގަކޮށްލާނީ” ނީޝާ ބުނެފަވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅެފައިވަނީ އަވަށްޓެރި ޕާކިސްތާނެވެ. އެ މެޗުން ރާއްޖެއަށް ރަނަރސްއަޕް ލިބުނީ ޕާކިސްތާނާ ވާދަކޮށް 60-36 އިން ޕާކިސްތާނު މެޗު ކާމިޔާބުކުރުމުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ހަ މެޗުގެ ތެރެއިން ހަމައެކަނި ބަލިވެފަވަނީވެސް ޕާކިސްތާނާއި ވާދަކުރި ދެމެޗުންނެވެ. އެމުބާރާތުގައި ދެން ކުޅުނު ބާކީ ހަތަރު މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފަވަނީ ފަސޭހަކަމާއެކު ބޮޑު ފަރަގަކާއެކުއެވެ.
މީގެ އިތުރުން މޭމަހުގެ ތެރޭގައި ހޮންގކޮންގުގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުން ރާއްޖޭގެ ޓީމު ތިންވަނަ ހާސިލްކޮށްފަވަނީ ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހުއެވެ. ޖޫނިއާ ގައުމީ ނެޓްބޯޅަ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ 2027 ވަނަ އަހަރަށް ތާވަލުކޮށްފައިވާ ޖޫނިއާ މުބާރާތަކަށެވެ. އަދި ސީނިއާ ގައުމީ ނެޓްބޯޅަ ޓީމުން މިހާރު ފަރިތަކުރަމުން އަންނަނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ސީނިއާ މުބާރާތަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
