
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ އަތުން ބަލިވެ ދިވެހި ސިފައިންގެ ކުލަބަށް މުބާރާތުގެ ފައިނަލަށް ދިޔުމުގެ އުއްމީދު ގެއްލިއްޖއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ލަންކާ ޕޯޓްސް ގެ ޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މިމެޗު ފަށައިގެން ސިފައިންގެ ޓީމުން ދިޔައީ ވަރަށް ގާތުން ވާދަކުރަމުންނެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާ ޕޯޓްސް ގެ ޓީމުން ކާމިޔާބުކުރީ 25-20 އިންނެވެ. ޖެހިގެން އައިސެޓް ރަނގަޅު ވާދައެއްކޮށް ސިފައިންގެ ޓީމުން ފަރަގު ކުޑަކުރި ނަމަވެސް ލަންކާ ޓީމުން ކާމިޔާބު ކުރީ 25-23 އިންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ސިފައިންގެ ޓީމުން ކުޅުން ރަނގަޅުކޮށް ސެޓު ކާމިޔާބު ކުރި އިރު މި ސެޓުގައި ސިފައިން ކުރި ހޯދީ 25-20 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ހަތަރު ވަނަ ސެޓުގައި ކުރި ހޯދާ ލަންކާ ޓީމުން ވަނީ މެޗު ކާމިޔާބުކޮއްފައެވެ. މި ސެޓު އެޓީމުން ގެންދިޔައީ 25-23 އިންނެވެ. މި މެޗާއެކު ރައުންޑް ރޮބިން އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް ސިފައިންނަށް ވަނީ ބަންދުވެފައެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ސިފައިން މިވަގުތު އޮތީ އެއް ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަ ވަނައިގައި އޮތީ ރާއްޖޭގެ ކުލަބު އެޗްޑީސީއެވެ. އެޗްޑީސީއަށް ވެސް ވަނީ ފައިނަލުގެ ދޮރު ބަންދުވެފައެވެ.
ކޮންމެ ޓީމެއް ތިން މެޗު ކުޅެ ނިމުނުއިރު އެއްވަނައިގައި ޒައިކް ވީސީ އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ކިރްގިސްތާނުގެ ބިޝްކެކް އަށް ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި އޮތް ހެލްޕް ނޭޕާލަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. ރޭންކިންގެ އެއްވަނަ އާއި ދެވަނައަށް ވާދަކުރަނީ މި ތިން ޓީމެވެ. ސިފައިން އަތުން ހޯދި މޮޅާއެކު ލަންކާ ޕޯޓްސްއަށް ތިން ޕޮއިންޓު ވަނީ ލިބިފައެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗު ކުޅޭނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
