
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއަރ ލީގުގައި މިހަފްތާ ކުޅުން ނިމުނު އިރު ލީގު ހޯދުމަށް މިލާން ކްރިކެޓް އެކަޑަމީ އާއި ސީބީއެލް ގަދަ ހިފުމަކަށް ދާން ޖެހިއްޖެއެވެ. ހަފްތާ ބަންދުގައި ކުރިއައްދާ މުބާރާތުގައި މި ހަފްތާގެ ކުޅުން ނިމުނު އިރު ސިބީއެލް އެއްވަނާއިގަ އޮތީ ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ. މިލާން އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތީ 9 ޕޮއިންޓާ އެކުއެވެ. ނިއު ސްޓާރ ތިންވަނައިގަ އޮތީ 7 ޕޮއިންޓާއެކުއެވެ. އެމްއެސް ހެލްޕިން ހޭންޑް ހަތަރުވަނަގަ އޮތީ ހަތަރު ޕޮއިންޓާއެކުވެ. ފުލުގައި އޮތް އޮފްއެފްސީ އާއި މާލެ ސްޕޯޓްސް އަށް ލިބުނީ އެއްމެ ޕޮއިންޓެކެވެ.
މި ހަފްތާ ބަންދުގައި ކުޅުނު ފުރަތަމަ މެޗު ވިއްސާރަވެގެން ކުޅެވޭ ގޮތް ނުވިއިރު އެ މެޗުގައި ވާދަކުރި ނިއު ސްޓާރ އާއި މާލޭ ސްޕޯޓްސް ކުލަބަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ހުކުރު ދުވަހު މެންދުރު ކުޅުނު މެޗު މިލާނުން އޮފްއެފްސީއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ 82 ލަނޑުންނެވެ. މެޗު ގުރުދިމާވުމުން މިލާން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން 165 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 32 ބޯޅައިން 40 ލަނޑު ހެދި އިބްރާހިމް ނަޝާތެވެ.
ޖަވާބުގައި އޮފް އެފްސީ ކުޅެންއަރާ 20 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 83 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 20 ލަނޑު ހެދި މުހައްމަދު ޝަފްރާޒްއެވެ. މުބާރާތުގައި އިއްޔެ ހެދުނު ކުޅުނު މެޗު ސީބީއެލް ކާމިޔާބު ކުރީ ނިއުސްޓަރއާ ވާދަކޮށް 9 ވިކެޓުންނެވެ. މެޗުގައި ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. ނިއު ސްޓާރ ކުޅެންއަރާ 16 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 62 ލަނޑުއެވެ. ނަމަވެސް ވިއްސާރަވުމުން އަމްޕަޔަރުން ޑީއެލް ބޭނުންކުރުމަށްފަހު ރިވައިސް ހަދަން ޖެހޭ ލަނޑަކީ 16 އޯވަރުގެތެރޭގައި 53 ލަނޑުކަމަށެވެ.
ސީބީއެލް އިން ކުޅެން އަރާ 5 ވަނަ އޯވަރުގެ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 56 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 38 ލަނޑު ހެދި ނިމޭޝްއެވެ. މުބާރާތުގައި އިއްޔެ ކުޅުނު ފަހު މެޗުގައި މާލޭ ސްޕޯރޓްސް އާއި ބައްދަލުކޮށް އެމް އެސް އެކަޑަމީ މެޗު ކާމިޔާބުކުރީ 5 ލަނޑުންއެވެ. ގުރުދިމާވުމުން މާލޭ ސްޕޯރޓްސް ކްލަބް ގަސްދުކުރީ ހޮވުމަށެވެ. އެމްއެސް އެކަޑަމީން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 55 ބޯޅައިން 65 ލަނޑު ހެދި އިރާދަން ސަންޖީވާއެވެ.
ޖަވާބުގައި މާލޭ ސްޕޯރޓްސް ކުޅެންއަރާ 20 އޯވަރުހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 138 ލަނޑުއެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 50 ލަނޑުހެދި ލަހިރު އެވެ. މިއަހަރުގެ ޓީ20 ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރުގެންދާނީ ލީގުގައި ސީބީއެލް އާއި މިލާން ވާދަކުރާ ފަހު މެޗުންނެވެ. މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހަފްތާ ބަންދުގައެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
