
މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ނެތިގެން އުޅުނު ފޯވަޑް މާކަސް ރަޝްފޯޑް ބާސެލޯނާ އަށް ގެންދަން ނިންމައިފި އެވެ. ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝްފޯޑް ލައްވައި ސޮއި ކުރުވުމަށް ބާސެލޯނާ އިން ހުށަހެޅުމުން އެކަމަށް ޔުނައިޓެޑް ވަނީ އެއްބަސްވެފަ އެވެ. ރަޝްފޯޑް ބާސެލޯނާ އަށް ގެންދަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ ބާސެލޯނާ އަށް ކުޅުންތެރިޔާ ގަނެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. އުމުރުން 27 އަހަރުގެ ރަޝްފޯޑް ބާސެލޯނާ އަށް ގެންދަނީ އެ ކުލަބުގެ ވާތު ވިންގުން ކުޅޭނެ ކުޅުންތެރިއަކު ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. މި ގޮތުން ބާސެލޯނާއިން އެންމެ ފުރަތަމް ގެންދަން މަސައްކަތް ކުރީ ސްޕޭނުގެ އެތްލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް އެވެ. ނަމަވެސް އޭނާ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުމާއެކު ދެން ބެލީ ލިވަޕޫލްގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒް ގަތުމަށެވެ. ނަމަވެސް ކުޅުންތެރިޔާ ނުވިއްކަން ލިވަޕޫލުން ވަނީ ނިންމާފަ އެވެ.
ރަޝްފޯޑް ހުސްވި ސީޒަނުގެ ފަހު ބައިގައި ކުޅުނީ އެސްޓަން ވިލާ އަށެވެ. އޭނާ އޭނާ އަލުން ޔުނައިޓެޑަށް ދާން ޖެހުނުއިރު ކޯޗު ރުބެން އަމޮރިމްއާ ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ލޯނު އުސޫލުން އެސްޓަން ވިލާ އަށް ރަޝްފޯޑް ކުޅެން ޖެހުނީ ވެސް ކޯޗާ މައްސަލަ ޖެހުމުން ޔުނައިޓެޑުން އޭނާ ދޫކޮށްލުމުންނެވެ. އެސްޓަން ވިލާ އަށް ރަޝްފޯޑް ދާއިމީ ކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް 40 މިލިއަން ޕައުންޑް ދީފައި އޭނާ ލައްވައި ދާއިމީ ކޮންޓްރެކްޓްގައި ސޮއިކުރުވާ ވަރުގެ ކުޅުމެއް ރަޝްފޯޑަށް ނުދެއްކުނެވެ. ކުޅުނު 10 މެޗުގައި އޭނާ އަށް ޖެހުނީ އެންމެ ދެ ލަނޑެވެ. ރަޝްފޯޑް ވަނީ ޔުނައިޓެޑަށް 287 މެޗުން 87 ގޯލު ޖަހައިދީފަ އެވެ. އެއީ 10 އަހަރުންނެވެ.
ރަޝްފޯޑް ލައްވައި ސޮއި ކުރުވަން ބާސެލޯނާއިން އެންމެ ފުރަތަމަ ފަސް ޖެހުނެވެ. ސަބަބަކީ އޭނާގެ މުސާރަ ބޮޑު ވުމާއި އޭނާ ލައްވައި ކުޅުވަން ކުރަން ޖެހޭ ހޭދައާ އަޅާ ބަލާއިރު ރަޝްފޯޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެވެ. މެންޗެސްޓާ ޔުނައިޓެޑާއެކު ރަޝްފޯޑް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ. މި ކޮންޓްރެކްޓްގައިވާ ގޮތުން މުސާރައިގެ ގޮތުގައި ހަފުތާއެކު ތިން ލައްކަ އަށްވުރެ ބޮޑު އަދަދެއް ދޭން ޖެހެ އެވެ. ނަމަވެސް ބާސެލޯނާއިން މި އަދަދު ވަރަށް ބޮޑަށް ކުޑަކުރާނެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
