
ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުލަބަކީ ޗެލްސީ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނިންމައިފި އެވެ. އެ ޖަމާއަތުން މިކަން އާއްމުކޮށްފައިވަނީ ސޯޝަލް މީޑިއާގަ އެވެ. ޗެލްސީގެ ފޮޓޯއެއް ހިއްސާ ކުރަމުން ފީފާއިން ބުނެފައިވަނީ މިއީ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރި ހަމައެކަނި ޓީމު ކަމަށެވެ. އެ ޖަމާއަތުން މި ގޮތަށް ނިންމާފައިވަނީ މި އަހަރު 32 ޓީމު ބައިވެރިކޮށްގެން މުޅިން އައު ފޯމެޓަކަށް މުބާރާތް ކުޅެން ފަށާފައި ވަނިކޮށެވެ. އެމެރިކާގައި އެއް މަސް ދުވަހުގެ މުއްދަތަށް ކުޅުނު މުބާރާތް ޗެލްސީ ކާމިޔާބު ކުރީ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން އަދި މުބާރާތުގެ ހޮޓް ފެވަރިޓުންގެ ގޮތުގައި ބެލެވުނު ޕީއެސްޖީ ފައިނަލުގައި 3-0އިން ބަލިކޮށްފަ އެވެ.
ފީފާއިން މިހާރު ހަމަޖައްސާފައިވަނީ މީގެ ކުރިން ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުތަކަކީ ފީފާ އިންޓަ ކޮންޓީނެންޓަލް ކަޕް ހޯދި ޓީމުތަކުގެ ގޮތުގަ އެވެ. ކުލަބު ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން 2005 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކޮންމެ އަހަރަކު ބާއްވަމުން އައީ ކޮންމެ ބައްރެއްގެ ވެސް ޗެމްޕިއަނުންގެ މެދުގައި ކުރު މުބާރާތެއްގެ ގޮތުގަ އެވެ. މި ގޮތުން ޔޫރަޕުގެ ޗެމްޕިއަނުން މުބާރާތް ފަށަނީ ވެސް ސެމީ ފައިނަލާ ހަމައިންނެވެ.
މި މުބާރާތް މުޅިން ތަފާތު ފޯމެޓަކަށް ބަދަލުކޮށް، މިހާތަނަށް ތަށި ހޯދި ހަމައެކަނި ޓީމަކީ ޗެލްސީ ކަމަށް ފީފާއިން ނިންމިއިރު ކުލަބު ވޯލްޑް ކަޕުގެ ނަމުގައި މުބާރާތް ކުޅެ މިހާތަނަށް ތަށިތަކެއް ހޯދާފައިވާ ޓީމުތަކެއް އެބަތިއްބެވެ. ނަމަވެސް މި ފަހަރު ޗެލްސީ އަށް ދީފައިވަނީ މުޅިން ތަފާތު ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ އައު ޓްރޮފީ އެކެވެ. މި ގޮތުން އިނގިރޭސިވިލާތުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ ވެސް ވަނީ މި ތަށި ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ސްޕޭނުގެ ރެއާލް މެޑްރިޑެވެ. އެ ކުލަބުން ފަސް ފަހަރު މި ތަށި ހޯދާފައިވާއިރު ބާސެލޯނާއިން ތިން ފަހަރު ތަށީ ކާމިޔާބު ކުރި އެވެ. ޖަރުމަނުގެ ބަޔާން މިއުނިކާއި ބްރެޒިލްގެ ކޮރިންތިއަންސް ދެ ފަހަރު މި ތަށި ހޯދާފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
