
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ގައުމީ މަޝްރޫޢަށް ރަށްރަށުން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުން ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށުމަށްޓަކައި އެ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. ވަޒީރު ވިދާޅުވީ ފާއިތުވި 50 ނުވަތަ 60 ވަރަކަށް އަހަރު ތެރޭގައި ރާއްޖެ ދުށް ދުވަސްވީ މީހުންގެ ކިބައިގައި ވަރަށް ގިނަ ދިވެހި ވަންތަ ހުނަރުތަކެއް ހުންނާނެކަމަށެވެ. މި ހުރިހާ ކަމެއް ރެކޯޑް ކުރެވުމުން ގައުމު ފާއިތުވި 50 އަހަރު ދަތުރުކޮށްފައި އޮތް މިސްރާބާއި ދިވެހިން ދިވެހިންގެ އަމިއްލަވަންތަ ސިފަތައް ގެންގުޅެފައި ހުރި ގޮތުގެ ރެކޯޑް ހޯދޭނެކަމަށް ވިދާޅުވިއެވެ.
މިކަން ހޯދުމުން އޭގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ރަށްރަށް ތަރައްޤީކުރާއިރު ވިސްނޭނެ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށާއި ދިވެހި ވަންތަކަން އިއާދަކުރުމަށްޓަކައި ބޭނުންހިފޭނެ ވަރަށް ގިނަ މައުލޫމާތު ހުންނާނެކަން ވަޒީރު އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.
“ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން އަޅުގަނޑުމެން މިދެންނެވި މަސައްކަތް އެކިއެކި ރަށްރަށާއި ގުޅައިގެން ފުރަތަމަ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް އެބަ ކުރިއަށްގެންދަން. މީހުންނަށް ތައާރަފްކޮށްދިނުން މިކަމަކީ ކިހިނެއް ހިނގާ ކަމެއްކަން، ކިހިނެއް ކުރާ ކަމެއްކަން. އިލްމީ މައުލޫމާތުތައް އެކަން ކުރާގޮތްތައް ދަސްކޮށްދިނުން. އެ މަސައްކަތް ކުރިއަށްގެންގޮސް އެ މަޝްރޫއުވެސް ވަރަށް އަވަހަށް އަޅުގަނޑުމެން ރަސްމީކޮށް އިފްތިތާހުކުރާނަން.” ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި މި މަޝްރޫއު އިފްތިތާހުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
