
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށްޓެވެ. އެހެންކަމުން އެއަރޕޯޓް ތަރައްޤީކޮށް ކުރިއެރުވުމަކީ އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިއްމު މަސައްކަތެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ފެށި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމަން 9 އަހަރު ހޭދަވެގެން ދިޔައިރު، ވެރިކަމުގެ 3 ދައުރަކަށް މަސައްކަތް ވަނީ ބެހިގެން ގޮސްފައެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރަށްފަހު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އެއަރޕޯޓުގެ މަސައްކަތް ދިގުލައި ދިޔަނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު މިމަސައްކަތުގެ ދުވެލި ހަލުވިކޮށް، މަސައްކަތް އަވަހަށް ނިންމުމަށް އަމާޒު ހިފީ އިޤްތިޞާދަށް ލިބެން އޮތް ނަފާ ބޮޑުވުމުންނެވެ. ބޭރު ފައިސާގެ އާމްދަނީ ލިބެން އޮތް މައިގަނޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖެއަށް އިތުރަށް ފަތުރުވެރިން ގެންނަން ޒަމާނީ އައު ޓަރމިނަލެއް އިންތިހާއަށް މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެނގިވަޑައިގަންނަވައެވެ.
އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް ނަޒަރެއް ހިންގާލާއިރު މިމަސައްކަތް ފެށިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވި، މަސައްކަތް ފެށިގެންދިޔައީ 2016 ވަނަ އަހަރެވެ. އެދައުރުގެ ތެރޭގައި އެއަރޕޯޓު ތަރައްޤީ ކުރުމުގެަ މަޝްރޫޢަށް ބޭނުންވާ 65 ހެކްޓަރުގެ ބިން ހިއްކިއެވެ. އޭގެ ތެރެއިން 7.8 ހެކްޓަރަކީ ޓާމިނަލަށް ބޭނުންވާ ބިމެވެ. އެދައުރުގެ ތެރޭގައި ބިން ހިއްކައި އައު ޓާމިނަލުގެ ފައުންޑޭޝަން މަސައްކަތް ވަނީ ނިންމާފައެވެ. އަދި އައު ރަންވޭގެ ޢަމަލީ މަސައްކަތްވެސް އޮތީ ނިންމާފައެވެ. ނަމަވެސް ރަންވޭ ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
ދެން އެއަރޕޯޓުގެ މަސައްކަތާއި ހަވާލުވީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުންނެވެ. އެ ސަރުކާރުން ހާވާލުވެ އެންމެ ބޮޑު މައްސަލައަކަށް ނެގީ، ޓާމިނަލުގެ ޑިޒައިނެވެ. ޑިޒައިނަށް ބަދަލު ގެނެސް ޓާމިނަލުގެ މަސައްކަތް އަލުން ހަވާލުކުރީ 2019 ވަނަ އަހަރު ޖޫން މަހުއެވެ. ޓަރމިނަލުގެ ކުރެހެމުގެ ޑިޒައިނަށް އެކަނިވެސް 115 މިލިޔަން ޑޮލަރު ނުވަތަ 1.7 ބިލިޔަން ރުފިޔާ ރައީސް ސާލިހުގެ ސަރުކާރުން ޚަރަދު ކުރިއެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގައި ކޮށްފައިވަނީ ހަމައެކަނި ޓާމިނަލުގެ ސްޓްރަކްޗަރގެ ކޮންކްރީޓް މަސައްކަތާއި ފަސާޑް ނުވަތަ ބޭރުފުށުގެ މަސައްކަތާއި ތަން ހިޔާކުރުމުގެ މަސައްކަތެވެ. ޓަރމިނަލުގެ އެތެރޭގެ ކޮންކްރީޓް މަސައްކަތުގެ އިތުރަށް ދެން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ދައުރު ނިމިގެން ދިޔައިރުވެސް ހުރީ ހަވާލުނުކޮށް ނުވަތަ ނުނިންމައެވެ.
އެއަރޕޯޓުގެ މަޝްރޫޢުގެ ބޮޑު ބައި ނިންމެވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ. އެމަނިކުފާނު މިކަމަށް ދެއްވާ އިސްކަން އެންމެ ބޮޑަށް ހާމަވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވުމުގެ ކުރިން، އިންތިޙާބީ ރައީސްގެ ހައިސިއްޔަތުން އެއަރޕޯޓުގެ އައު ޓަރމިނަލް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތާއެކުއެވެ. އޭރު ޓަރމިނަލުގަައި ނިމިފައިވަނީ %54.4 މަސައްކަތެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ޓަރމިނަލުގެ ޑިއުޓީ ފްރީއާއި ކޮމާޝަލް ޖާގަތަކުގެ މަސައްކަތް އެއްވެސް ބަޔަކާއި ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެއަރޕޯޓު ޓާމިނަލުގެ ވަށައިގެންވާ މަގުތަކުގެ މަސައްކަތްވެސް ހަވާލުކޮށްފައެއް ނުވެއެވެ. ޓަރމިނަލަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާ ގުޅޭ މަސައްކަތެއްވެސް ކުރެވިފައެއް ނުވެއެވެ. އަދި ކުރީގެ ޓަރމިނަލުން އައު ޓަރމިނަލަށް އޮޕަރޭޝަން މެދު ނުކެނޑި ބަދަލުވާން ބޭނުންވާ އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (އޮރާޓް)ގެ މަސައްކަތްވެސް ކުރެވިފައެއް ނެތެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެހުރިހާ މަސައްކަތެއްގެ އިތުރުން އެއިރޯ ބްރިޖްތައް ގުޅައި، ޓެސްޓުކުރަމުން ފެށިގެންގޮސް އައު ޓަރމިނަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. މިހުރިހާ މަސައްކަތެއްކޮށް ނިންމާ އެއަރޕޯޓުގެ އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު މަސައްކަތް އަވަސްކުރުމަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
މިއަދު އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާއިރު، މިހާރު އެންމެ ގަދައަށް އިވޭ އަޑަކީ “މިއީ އަޅުގަނޑުމެންގެ ސަރުކާރުން” ކޮށްދިން ކަމެކޭ ބުނާ އަޑެވެ. އެހެންކަމުން އެއަރޕޯޓުގެ ތަރައްޤީއަށް މި ދައުރާއި މިދިޔަ ދެ ދައުރު ކޮށްފައިވާ މަސައްކަތަށް ނަޒަރު ހިންގާލަންޖެހެއެވެ.
އެއަރޕޯޓުގެ އައު ޓަރމިނާލައި އެތަނާއި ގުޅުން ހުރި މަސައްކަތަކަށް ބަލާއިރު 2016 ވަނަ އަަހަރު މަސައްކަތް ފަށައިގެން 2 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވިފައިވަނީ %35 މަސައްކަތް ނިންމާފައިވެއެވެ. އެއީ ބިން ހިއްކުމާއި ފައުންޑޭޝަން މަސައްކަތްވެސް ހިމަނައިގެންނެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް ސާލިހުއަށް ލިބިވަޑައިގެންނެވި 5 އަހަރުގެ ދައުރުގެ ތެރޭގައި ނިންމާލެވުނީ އެންމެ 19 އިންސަައްތަ މަސައްކަތެވެ. އެއީ ޑިޒައިން މަސައްކަތާއި ޓާމިނަލުގެ ސްޓްރަކްޗަރ މަސައްކަތްތަކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ އަހަރަކާއި 7 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ވަނީ އެއަރޕޯޓުގައި ނުނިމި އޮތް 46 އިންސައްތަ މަސައްކަތް ނިންމަވައި، އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް މިހާރު ތައްޔާރުވެފައެވެ.

އެއަރޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް 2016 ވަނަ އަހަރު ފެށިފަހުން އެއްކޮށް ނިންމުމަށް ޖުމްލަ 9 އަހަރު ހޭދަވިއިރު، މިމަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ގޮސްފައި ނުވާކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. ކަމާބެހޭ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މިވަރުގެ ޓަރމިނަލެއްގެ މަސައްކަތް ފަށައިގެން ނިންމުމަށް ހޭދަވާނީ 2 އަހަރު ނުވަތަ 3 އަހަރެވެ. އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު މިމަސައްކަތް ފެށިނަމަވެސް އެކަށީގެންވާ ސަމާލުކަމާއި ބެލެހެއްޓުންތެރިކަމެއް ނުދެވުމުގެ ސަބަބުން މަޝްރޫޢު ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އިޤްތިޞާދީ މުހިންމު މަސައްކަތްތައް އެމަނިކުފާނު ވަނީ ފައްޓަވާފައެވެ. އެގޮތުން އެެއަރޕޯޓުގެ ޓަރމިނަލް މަސައްކަތަކީ ޤައުމީ ތަރައްޤީއާއި އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢުއަކަށްވާއިރު ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ނިންމުމަށް ނުދެވި އޮތް ސަމާލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވިކަން އެއީ ކުރެއްވި މަސައްކަތްތަކުން މިއަދު ސާބިތުވާ ކަންކަމެވެ.
About Post Author
މާދަމާ ނިއުސް
“ގައުމީ ތަރައްގީ ޕްލޭންގެ ޑްރާފްޓު ނިންމައި މިހާރު އޮތީ ރިވިއުކުރާ މަރުހަލާގައި”
(ފޮޓޯ ކްރެޑިޓްސް: ނެކްސިއާ މޯލްޑިވްސް) ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ މާސްޓަޕްލޭންގެ ޑްރާފްޓް ނިމި، މިހާރު އޮތީ ރިވިއުކުރުމުގެ...
އާ ކުންފުނިން ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޭސް އެތެރެކުރުމަށް ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނިން ރާއްޖެއަށް ބޭސް ގެނެސް، ރަށްރަށަށް...
ދީނަށް ފުރައްސާކުރާ މައްސަލާގައި ހޯދަން އިއުލާން ކުރި ބޫގާ ފުލުހަށް ހާޒިރެއް ނުވި
ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ފުލުހުން އިއުލާނުކުރި އަހުމަދު އާމިރު (ބޫގާ) ކަނޑައެޅި ވަގުތަށް ހާޒިރުވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސޯޝަލް...
ޕީއެންސީއަށް ވޯޓު ދީގެން ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވޭނެ: ސައުދުﷲ
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ފާހަގަކޮށްފައިވާ ކޮރަޕްޝަނާއި އިހުމާލުގެ ބޮޑެތި މައްސަލަތަކުން ރަށުގެ އަބުރު ސަލާމަތްކުރުމަށް، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ...
ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.27 ބިލިޔަން...
މިފަހަރުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ...
