
ރާއްޖެ އިޝްތިހާރުކޮށް، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޓްވީޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ލަންޑަންގައި ބޭއްވި ޔޫކޭ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެން، ފޯރަމްއަށް ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިކަމަށެވެ. އަދި މިފޯރަމްގައި ތަޤްރީރުކުރެއްވުމުގެ އިތުރަށް ރާއްޖޭގެ ފިޝަރީޒް ބްރޭންޑް، “ފްރޮމްމޯލްޑިވްސް” ރައީސުލްޖުމްހޫރިއްޔާ ލޯންޗުކޮށްދެއްވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި ބިޒްނަސް ފޯރަމްގައި މުހިއްމު ވުޒާރާތަކާއި އިދާރާތަކުން ބައިވެރިވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރަމްގެ ބައިވެރިންނާއި ހިއްސާކުރެއްވިކަމަށެވެ. އަދި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދުނިޔެއެއްގައި ރާއްޖެ އިޝްތިހާރުކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ލަންޑަނުގައި ކުރިއަށްދިޔަ ބިޒްނަސް ފޯރަމްގައި އިނގިރޭސިވިލާތުގެ ވިޔަފާރިވެރިންނާއި އިނގިރޭސިވިލާތުގައި ވިޔަފާރިކުރާ ވިޔަފާރިވެރިން ހިމެނޭހެން 200 އަށްވުރެގިނަ ފަރާތަކުން ބައިވެރިވިކަމަށެވެ. އަދި އެ ބޭފުޅުން ވަނީ ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑުނަމަވެސް، އެހެން ދާއިރާތަކަށްވެސް އިންވެސްޓަރުންގެ ޝަޢުޤު ބޮޑުވަމުން އަންނަކަމަށެވެ. އެގޮތުން 2028 އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކަށް އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ބޮޑުވަމުން އަންނަކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ޔޫކޭގައި ދިވެހި ކަނޑުމަހަށް އޮންނަ ޑިމާންޑްވެސް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބިޒްނަސް ފޯރަމްގައި ވެސްޓް-ލަންޑަން ޗެމްބަރ އޮފް ކޮމާސްއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާ ދެމެދު އެމްއޯޔޫއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. މި އެމްއޯޔޫގެ މަޤްސަދަކީ މިފަދަ މަސައްކަތްތައް އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިއުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
