
ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު %21 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެމްއެމްއޭއިން ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިޔުން ހިފެހެއްޓުމަށްޓަކައި މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 އިންސައްތައަށް އިތުރުކުރުން ކަމަށްވެސް އެމްއެމްއޭ އިން ވިދާޅުވެއެވެ. އެމްއެމްއޭ އިން ހާމަކުރެއްވިގޮތުގައި ބޭރުފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ފާއިތުވި ހަތަރު އަހަރުގައި ހުރީ 10 އިންސައްތައިގައެވެ. ނަމަވެސް، ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މި އަދަދު މިހާރު ވަނީ 21 އިންސައްތައަށް އިތުރުވެފައެވެ.
ބޭރުފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން އެމްއެމްއޭއަށް 90 އިންސައްތަ ގެނެވޭއިރު، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށްޓަކައި އޭގެ 60 އިންސައްތަ ބޭނުންކުރެއެވެ. އެގޮތުން މިއަހަރުވެސް ދަރަނި އަދާކުރުމަށް 174 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތުގައި ދަރަންޏަށް ދައްކާފައިވާ ވަރަށްވުރެ 51 އިންސައްތަ އިތުރު އަދަދެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ދަރަނި ދެއްކުމަށް ބޭނުންވާ ޑޮލަރުގެ އިތުރުން އެހެން ޒަރޫރީ ބޭނުންތަކަށް، ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުން ފަދަ ކަންތައްތަކަށް ވެސް ޑޮލަރު އާމްދަނީން ހޭދަކުރެއެވެ. މީގެއިތުރުން އެމްއެމްއޭއަށް ގެނެވޭ 90 އިންސައްތައިގެ ތެރެއިން 30 އިންސައްތަ އަނބުރާ މާކެޓް އިންޓަވެންޝަންގެ ގޮތުގައި ބޭންކުތަކަށް ފޯރުކޮށްދެމުންދާކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ.
އެމްއެމްއޭއިން ހާމަކުރެއްވިގޮތުގައި އެ އިދާރާއަށް ގެނެވޭ ހުރިހާ ޑޮލަރެއް ބޭނުންކުރަނީ ހަމައެކަނި ދަރަނި ދެއްކުމާއި ސަރުކާރުގެ އެކި ބޭނުންތަކަކަށް އެކަންޏެއް ނޫނެވެ. ނަމަވެސް އެއާ ޚިލާފަށް އެމްއެމްއޭއަށް ގެނެވޭ އަދަދުގެ 30 އިންސައްތަ އަބަދުވެސް ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށް ފޯރުކޮށްދެމުން ގެންދާކަމަށް ވިދާޅުވެއެވެ. އަދި ވަކިން ޚާއްސަކޮށް މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވައި އެމްއެމްއޭއިން ވިދާޅުވީ ކުރިން 5 އިންސައްތައިގެ ޓީޓީ ސަޕޯޓެއް ދެމުން ދިޔަ ބޭންކުތަކުން މިހާރު 30 އިންސައްތައާ ހަމައަށް ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުން ގެންދާކަމަށެވެ. އަދި އެމްއެމްއޭގެ އަމާޒަކީ މި އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ބޭރުފައިސާގެ ސިޔާސަތަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި އެ ބަދަލުތަކުގެ ހަޤީޤީ މަންފާ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާއިއެކު ފެންނަން ފަށާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
ހިޖުރީ އައު އަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ...
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރަނީ
ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް، ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާ ބައްދަލުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ...
ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް މެމްބަރު ހުސައިން ޝަރީފް
ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް، ކޮމިޓީގެ 10 މެމްބަރުންގެ އިއްތިފާގުން އައްޔަންކޮށްފިއެވެ. މި މަގާމު ހުސްވީ ކުރިން...
