
(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގައި ބޭނުންކުރަމުން އަންނަ ވަރޓްސިލާގެ އިންޖީނުތަކަށް 30އަށްވުރެ ގިނަ އަހަރުވެފައިވާއިރު، އެ އިންޖީނުތަކުގެ އެފިޝެންސީ އަދިވެސް %95ގައި ހުރިކަމަށް އެ ކުންފުނިން ބުނެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ސްޓެލްކޯގެ ޚިދުމަތުގައި ބޭނުންކުރާ ވަރޓްސިލާގެ އިންޖީނުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.
ސްޓެލްކޯގެ ޚިދުމަތުގައި ބޭނުންކުރަމުން އަންނަ ވަރޓްސިލާގެ އިންޖީނުތަކަށް 30އަށްވުރެ ގިނަ އަހަރުވެފައިވާއިރު، އޭގެތެރެއިން އެއް ޖަނަރޭޓަރަކުން މިހާތަނަށް ވަނީ 200،000 (ދެ ލައްކަ) ގަޑިއިރަށް ކަރަންޓު ފޯރުކޮށްދީފައެވެ. ސްޓެލްކޯއިން ވިދާޅުވީ، މި ކާމިޔާބީއިން ދައްކުވައިދެނީ ސްޓެލްކޯއާއި ވަރޓްސިލާގެ ދެމެހެއްޓެނިވި ގުޅުމުގެ ހަރުދަނާކަމާއި، އެކުންފުނީގެ ޖެނެރޭޝަން އެސެޓްތަކުގެ އާދަޔާ ހިލާފު ޕާފޯމަންސްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
މި ކާމިޔާބީއާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، 1990ވަނަ އަހަރު ފެށި ވަރޓްސިލާގެ ކަރަންޓު އުފެއްދުމުގެ ޓެކްނޮލޮޖީއަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓުގެ ދަށުން ބަހައްޓާފައިވާ އެ ޖަނަރޭޓަރު މެދުކެނޑުމެއްނެތި ހިންގަމުންދާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ. އަދި ސްޓެލްކޯގެ ފްލީޓްގައި ހިމެނޭ އިތުރު ވަރޓްސިލާ އިންޖީނުތައްވެސް އެ މުއްދަތާއި ހަމައަށް ކަރަންޓު ފޯރުކޮށްދިނުން ގާތްވެފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.
“އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިހާރު ވަރޓްސިލާގެ އިންޖީނުތަކަށް 30އަށްވުރެ ގިނަ އަހަރުވެފައިވާއިރު، މިހާރުވެސް އެ އިންޖީނުތައް ހިނގަމުންދަނީ 95 ޕަސެންޓް އެފިސެންޝީގައި. މާނައަކީ ސްޓެލްކޯގެ ޓެކްނިކަލް ޓީމާއި، ހުރިހާ މުވައްޒަފުން އިންޖީނުތައް ބަލަހައްޓާފަހުރިލެއް ރަނގަޅުކަމުންނާއި، ޝެޑިއުލް މެއިންޓަނެންސާއި އެއްގޮތަށް މެއިންޓެއިންކުރެވިފައިވާތީވެ މިއަދު އަސްލު މި އިންޖީނުތައް މިވަރުގެ އެފިސެންޝީގައި މި ހިނގަނީ” ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވިއެވެ.
މި މުހިންމު ކާމިޔާބީން ވަރޓްސިލާގެ އިންޖީނު ޓެކްނޮލޮޖީގެ އިތުބާރު ހުރި މިންވަރާއި ސްޓެލްކޯގެ އިންޖިނިއަރިން އެންޑް މެއިންޓެނެންސް ޓީމުތަކުގެ ކޮމިޓްމަންޓާއި ޓެކްނިކަލް ހުނަރު ހާމަވާކަމަށާއި، މިއީ އެސެޓް މެނޭޖްމަންޓް ހަރުދަނާކަން ދައްކުވައިދޭ ވަރުގަދަ ހެއްކެއްކަންވެސް ކުންފުނީގެ އެމްޑީ ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
މި މުހިންމު ކާމިޔާބީ ލިބިފައިވަނީ ވަރޓްސިލާގެ ދުރުވިސްނުމުގެ ލީޑަޝިޕާއި، އެއްބާރުލުމާއި، އިރުޝާދުގެ އިތުރުން އެ ކުންފުނިން ފަންނީ އެހީތެރިކަމުގެ ސަބަބުންކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ވަރޓްސިލާ ކުންފުންނީގެ އިސްވެރިންނަށް އެމްޑީ ފަހުމީ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މި ކާމިޔާބީ ހާސިލްކުރުމުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ޚާއްސަކޮށް އެކުންފުނީގެ ޓެކްނިކަން ޓީމުން ކުރެއްވި މިންނެތް މަސައްކަތް ފާހަގަކޮށް އެމީހުންނަށް ފަހުމީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ވަރޓްސިލާއަކީ ކަނޑުގެ އަދި ހަކަތަ މާކެޓްތަކަށް އިނޮވޭޓިވް ޓެކްނޮލޮޖީތަކާއި ލައިފްސައިކަލް ސޮލިއުޝަންތަކުގެ ދާއިރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ސްޓެލްކޯއާއި ވަރޓްސިލާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާތާ މިވީ 35 އަހަރުއެވެ. މިހާރު ސްޓެލްކޯގެ ފްލީޓުގައި ވަރޓްސިލާގެ 10 ޖަނަރޭޓަރެއް އެބަހުރިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
