
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ގެއްލުން ކުޑަކޮށް، އެ ފިޔަވަޅުތަކާއެކު ކަންކަން ހިންގާނެ ގޮތް އެ ޤައުމުން ދަސްކޮށްފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ވިލާތުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަމުންދަނީ 2022ވަނަ އަހަރުން ފެށިގެން އެ ޤައުމުން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އެގޮތުން ވިލާތުގެ އިއްތިޙާދުން ޖުލަައި މަހުގެ 18ވަނަ ދުވަހު ވަނީ ރަޝިޔާއާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އިޢުލާނުކޮށްފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ތެލުގެ ސިނާއަތަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅުތައް ވެސް ހިމެނެއެވެ. މިއީ ވިލާތުގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އެ ފަދަ ފިޔަވަޅެއް އަޅާފައިވާ 18ވަނަ ފަހަރެވެ.
އެެންމެ ފަހުގެ ފިޔަވަޅުތަކުން އަމާޒުކުރަނީ ރަޝިޔާއިން ވިއްކާ ސާފުނުކުރާ ތެލުގެ ފީފާއެއް ޖީ7ގެ ޤައުމުތަކުން ގަންނަ އަގު 47.6 އެމެރިކާ ޑޮލަރަށް ތިރިކުރާށެވެ. އެއީ ތެޔޮ ފީފާއެއް މިހާރު ވިއްކަމުންދާ ބާޒާރު އަގަށްވުރެ 15 އިންސައްތަ ދަށް ޢަދަދެކެވެ. އެއީ ވިލާތުގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް މިހާތަނަށް އަޅާފައިވާ އެންމެ ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެއްގެ ގޮތުގައި އެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ، ކާޔާ ކަލަސް ވަނީ ސިފަކުރައްވައިފައެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމައިލުމަށް އެ ޤައުމަށް މަޖުބޫރުވަންދެން އަގުތަކަށް ބަދަލުގެންނަމުންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުން ވެސް ވަނީ ވިލާތުގެ އިއްތިޙާދުގެ މި ފިިޔަވަޅުތަކަށް ތާއީދުކޮށް، އެ ފިޔަވަޅުތައް އެ ޤައުމުން ވެސް ނަކަލުކުރާނެ ކަމަށް ބުނެފައެވެ.
އެ ފިޔަވަޅުތަކާ ގުޅޭގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުގެ ތަރުޖަމާނު، ދިމިތުރީ ޕެސްކޮވް ވިދާޅުވީ ވިލާތުގެ އިއްތިޙާދުން އަޅާފައިވާ ފިޔަވަޅުތަކަކީ އެއް ފަރާތަށް ބުރަވާ، އަދި ޤާނޫނާ ޚިލާފު ފިޔަވަޅުތަކެއް ކަމަށެވެ. އެ ފިޔަވަޅުތަކަކީ ވިލާތުން ކެނޑިނޭޅި ފަރިތަކުރަމުންދާ ރަޝިޔާއާ ދެކޮޅު ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅޭއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ފަދަ ފިޔަވަޅުތަކަށް ރަޝިޔާއިން ހޭނިފައިވާ ކަމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން މާ ބޮޑު އަސަރެއް ނުކުރާނޭހެން ދިރިއުޅުން ބައްޓަން ކުރުމަށް ދަސްވެފައިވާ ކަަމަށް ވެސް ޕެސްކޮވް ވިދާޅުވިއެވެ. މިހާރު އިޢުލާނުކޮށްފައިވާ އައު ފިޔަވަޅުތައް ދިރާސާކޮށް، އޭގެ އަސަރު އެންމެ ކުޑަ ކުރެވޭނެ ގޮތްތައް ރަޝިޔާއިން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާއާ ދެކޮޅަށް އަޅައި ފިޔަވަޅުތަކަކީ ދެ މިޔަ ލީ ހަންޖަރެއްގެ ގޮތުގައި ސިފަކުރައްވައި ޕެސްކޮވް ވިދާޅުވީ އެ ޤައުމާ ދެކޮޅަށް އަޅައި ކޮންމެ ފިޔަވަޅެއްގެ ސަބަބުން ރަޝިޔާއެކޭ އެެއްގޮތަށް އެ ފިޔަވަޅަށް ތާއީދުކުރާ ޤައުމުތަކަށް ވެސް އޭގެ ގެއްލުން ލިބޭނެ ކަމަށެވެ.
ރަޝިޔާގެ ސަރުކާރާއި ވިޔަފާރީގެ ބައިވެރިން ދަނީ އެ ޤައުމާ ދެކޮޅަށް އިޢުލާނުކޮށްފައިވާ އައު ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ތެޔޮ ވިއްކުމުގެ ޤާބިލުކަމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
