
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާ ގުޅޭ ބިލަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ހުށަހެޅުނު ތާރީޚީ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ “ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު”އަށް ބަހުސް ކުރައްވަމުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މިއީ ވަކި ޤާނޫނެއްގައި މިކަންކަން ތަފްސީލް ކުރެވިގެން މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ތާރީޚީ ބިލެއް ކަމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ސީދާ ޑިމޮކްރަސީގެ ގޮތުގައި ފަލްސަފާވެރިން ވިދާޅުވާ ކަމެއް ކަމަށެވެ. އަދި މިއީ ކުރިއަރާފައިވާ ޤައުމުތަކުގެ ޑީއެންއޭގައި ހިމެނޭ މާތް ސިފައެއް ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިސްތިގުލާލީ ބާރުވެރިކަމުގެ ސަބަބުން މަޖިލީހާ ދެކޮޅަށް ގަދަބަސް ބުނުކަމީ އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެހެންވެ ރައްޔިތުންގެ ސީދާ ބަހެއް ހޯދުމުގައި އޮންނަ ގޮތަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބައެއް މާއްދާތައް ތަޅުލެވިފައިވާކަމަށާއި އެ މާއްދާތައް ހުޅުވާލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށްދާންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
“މިހާރު ޤާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި ވަނީ ތަޅުލެވިފައި. އަސާސީ ޙައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތައް ބިނާވެފައިމިވަނީ މި ޤާނޫނުއަސާސީގައި ތަޅުލެވިފައި ހުރި މާއްދާތަކާ. އެ މާއްދާތައް ހުޅުވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ. އެހެންވީމާ މިއަދު ހުށަހެޅިގެން މިދަނީ އެކަމަށް މަގުފަހިކޮށްދޭ ޤާނޫނު ކަމަށްވާތީ މިއީ އަޅުގަނޑުމެންގެ ބަރުލަމާނީ ހަޔާތުގައި ވަރަށް މުހިންމު ޤާނޫނެއް،” ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މި ބިލު ހުށަހަޅުއްވައި، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ޤައުމާ ހަވާލުވާ ބައެއް ވެރިންނަކީ ނަހަމަގޮތުގައި ބާރުގެ ބޭނުންކުރާ ބައެއްކަމަށާއި އޭގެ ސަބަބުން މާޒީގައިވެސް ޤައުމަށް އެތައް ގޮތަކުން ގެއްލުންވެފައިވާ ކަމަށެވެ. އެފަދަ ވެރިން ބޭނުންވާގޮތަށް ކަންކަން ނުކުރެވޭ ގޮތަށް ޤާނޫނުތަކާއި ޤަވާއިދުތައް ބައްޓަންވާންޖެހޭ ކަމަށާއި މިއަދު ސަރުކާރުން ކުރައްވަމުންދަނީ އެ މަސައްކަތް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ޤާނޫނެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ އުސޫލުތައް ބަޔާންކުރެވިގެންދިއުމަކީ ރައްޔިތުން ހަގީގީ މާނާގައި ބާރުވެރިކުރުވުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
“މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަދަލުކުރަންޏާމުން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ. މިއީ ނޫންތޯ ރައްޔިތުން ބާރުވެރިކުރުވުމަކީ. ރައީސުލްޖުމްހޫރިއްޔާގެ އުމުރު، 5 އަހަރުގެ ދައުރެއް އޮތްއޮތުން 4 އަހަރަށް ނުވަތަ 4.5 އަހަރަށް ބަދަލުކުރަންޏާމުން ދިވެހިރައްޔިތުން އެކަމުގައި ދެކޭގޮތް ބެލުމަށް ވޯޓެއް ނަގަންވާނެއޭ. މިއީ ބާރުވެރިކުރުވުމަކީ. މާޒީއަށް ބަލާނަމަ ބައެއް މަޖިލިސްތަކުގައި މަސައްކަތްކޮށްފައި އެބަހުރި އެ ބޭފުޅުންނަށް މި މަޖިލީހުން ލިބިދޭ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރަންވެސް،” އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ މި ބިލަކީ މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިރާސާ ކުރުމުގެ މަރުހަލާގައި ބިލަށް އިތުރު އިސްލާހުތައް ހުށަހަޅައި، ރައްޔިތުންނަށް ލިއްބައިދޭ ބާރުތައް އިތުރު ކުރުމަށްވެސް މެންބަރުން ވަަނީ ޚިޔާލު ހުށަހަޅުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
