
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކުރާ މަސައްކަތުގައި، ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ހިމެނޭ އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރުގެ މަސައްކަތް ބޮޑު ދައުރެއް އަދާކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެންޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ 2040ވަނަ އަހަރަށްދާއިރު، ދިވެހިރާއްޖެއަކީ ތަރަޤީވެފައިވާ ޤައުމަކަށް ބަދަލުވުމެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލު ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށް ގެނައި ބަދަލުގައި، ހުޅުމާލެއަކީ އިޤްތިޞާދީ ފުރުޞަތައް ތަނަވަސް ތަނަކަށް ހެދުމަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަމަށެވެ. މިހާރުގެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންގޮސް، ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަންލް ކެޕިޓަލަށްވުމުގެ ފުރުޞަތު އޮތް ތަނެއްކަމަށެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހިއްކާފައިވާ އިކޮނޮމިކް އޭރިއާގައި ތަރައްޤީކުރުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރގެ މަޝްރޫޢު ޕްލޭން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މައުރޫފް ޖަމީލް ވިދާޅުވިއެވެ. މި މަޝްރޫޢުވެގެންދާނީ ދިވެހިރާއްޖެ، ތަރައްޤީވެފައިވާ ޤައުމަކަށް ކުރާ މަސައްކަތަށްވެސް ލިބޭނެ ވަރަށް ބޮޑު ބާރަކަށްކަމަށް މައުރޫފް ޖަމީލް ވިދާޅުވިއެވެ. “މި މަޝްރޫޢު މިހާރު އޮތްގޮތަށް ރަނގަޅަށްދާނަމަ، ރަނގަޅު ފެންވަރުގެ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް އުފެދޭނެ. މިއީ ރާއްޖޭގެ ކުރިމަގާ ގުޅިފަވާ، އިޤްތިޞާދު މުޅިން ތަފާތު ލެވަލްއަކަށް ގެންދާނެ މަޝްރޫޢުއަކަށްވާނެ. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދިވެހިރާއްޖެ ތަރައްޤީވެފަވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކޮންޓްރިބިއުޝަނަކަށްވާނެ.” އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މި ސެންޓަރަކީ ވިޔަވާރީގެ ގިނަ ފުރުޞަތުތަކެއް ފަހިވާގޮތަށް ހަދާ ތަނެކެވެ. އަދި މި ސެންޓަރާއެކު އެތައް ހާސް ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. ހުލުމާލޭގެ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާހުކުރުމަށް، މިއަހަރުގެ މޭމަހުގެ 26 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ތަޞައްވުރު، ހާސިލްކުރުމަށް މި މާސްޓަރ ޕްލޭނާއެކު މަގުފަހިވާނެކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުގާނުގެ ތަޞައްވުރަކީ ހުޅުމާލޭގެ ތިން ފިޔަވަހި އެކުގައި ފައިނޭންޝަލް ސެންޓަރާއެކު ގުޅިލާމެހިގެން ތަރައްގީވެގެންއައުންކަމަށެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ދުރު ރާސްތާ ތަޞައްވުރެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
