
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު %5.8 އިތުރުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މި ސަރަހައްދުންވެސް ފާހަގަކޮށްލެވޭ ބާރުބޮޑު އެއަރޕޯޓެކެވެ. މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައްދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވީއައިއޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވީއައިއޭއަށް ޖައްސާފައިވަނީ 7193 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 7613 އަށް އިތުރުވެފައެވެ.
މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ފްލައިޓްތަކުގެ އަދަދެވެ. ޝެޑިއުލްކޮށްގެން މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފްލައިޓްގެ އަދަދު ވަނީ %6.7 އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު ޝެޑިއުލްކޮށްގެން ރާއްޖެ އައިސްފައިވަނީ 6523 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 6961 އަށް އިތުރުވެފައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަހަރު ޖެނެރަލް ފްލައިޓް މޫމަންޓްސް ވަނީ ދަށްވެފައެވެ. މީގެތެރޭގައި ހިމެނެނީ ޗާޓަރކޮށްގެން އައި ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 670 ފްލައިޓެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 652 ފްލައިޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ ގިނަ އަދަދެއްގެ ފްލައިޓްތަކުން ދަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި ޑިމާންޑް އިތުރުވާތީ ފްލައިޓްގެ އަދަދުވެސް އިތުރުކުރެއެވެ. މިއަހަރުގެ ތެރޭގައިވެސް ގިނަ އައު އެއަރލައިންތަކަކުން ވަނީ ދަތުރުތައް ފަށާފައެވެ. ސަރުކާރުން ދަނީ ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންނެވެ. މިއާއެކު ރާއްޖެއަށް އިތުރު ގިނަ އެއަރލައިންތަކަކުން ދަތުރުފަށައި ދަތުރުތައް އިތުރުކުރާނެއެވެ. މި އައު ޓާމިނަލަކީ އަހަރު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ޓާމިނަލެކެވެ. މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުވެރިކަމަށްވެސް އިތުރު ކުރިއެރުން ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
