
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ނާކާމިޔާބު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ނާކާމިޔާބު ކަމަށާއި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލް އާންމު ނިމުމަކަށް ގެނެސް ސުލްހައިގެ މަގު އިހުތިޔާރު ކުރަންޖެހޭ ކަމަށެވެ ހަމަހަމަ ކަމާއި ދެމެހެއްޓެނިވި ހައްލެއް ގެނައުމަކީ ކޮންމެ މީހަކަށް ވެސް ކަރާމާތާއި ހައްގުތަކާއި ސުލްހަމަސަލަސްކަން ބޭނުންވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
7 އޮކްޓޯބަރު 2023 ފެށި ގަތުލުއާންމު އަދިވެސް ކުރިއަށްދާއިރު، ކޮންމެ ދުވަހަކު ގޮތަކަށް އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަަހައްދުތަކަށް ހަމަލާތައްދީ، ގިނަ ބަޔަކު ޝަހީދުކުރަމުންނެެވެ. މީގެ ތެރޭގައި ކުށެއް ނެތް ތުއްތު ކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި މި ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ހުޅަނގުއައްސޭރީން އެކަނި 4000 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.މއިސްރާއީލުގެ މި ހަމަލާތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވެސް 60،000 އާއި ކައިރި ކުރާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އާއި ފަލަސްތީނުގެ ގައިދީންނާއި ބެހޭ އިންސްޓިޓިއުޝަން ގުޅިގެން ނެރުނު ބަޔާނަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ، މިވަގުތާއި ހަމައަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 10،800 މީހުން ހައްޔަރުގައި ނުވަތަ ބަންދުގައި އެބަ ތިބި ކަމަށެވެ. މީގެ ތެރޭގައި 450 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، 50 އަންހެނުންނާއި ވަކި ދައުވާއެއް ނުކޮށް ބަންދުކޮށްފައިވާ 3،629 މީހުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. އެރިޕޯޓުގައި ބުނާ ގޮތުގައި މިއީ 2000 ވަނަ އަހަރަށްފަހު އިސްރާއީލުން މިހާތަނަށް ފަލަސްތީނުގެ މީހުން އެންމެ ގިނައިން ހައްޔަރުކޮށްފައިވާ އަހަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
