
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގައުމެއްގެ ކުރިއެރުމާއި ދިރިހުރުމުގެ ނިޝާނަކީ އެ ގައުމެއްގެ ރައްޔިތުންގެ އަހްލާގު ހަރުދަނާވުން ކަމަށް މަރްހޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވެއެވެ. ނަމަވެސް މިހާރު ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިވަނީ ގައުމަށްވުރެ ތިމާ ނިސްބަތްވާ ފިކުރަށް އިސްކަންދޭ މަދު ބަޔެއް ފާޅުވުމުގެ މައްސަލައެކެވެ. ނަމަވެސް، 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން، ދިވެހިންގެ ގައުމީ ފިކުރު ވަރަށް ވަރުގަދަވެފައި ވެއެވެ. ދިވެހިންނަކީ ބޭރުގެ ފަރާތަކުން ގައުމުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކައިފިނަމަ އެފަރާތަކާ ދެކޮޅަށް ވަރުގަދައަށް ތެދުވާ ބަޔެކެވެ. މިކަމުގެ ހެއްކަކީ ބޮސްނިއާ އާއި ޖަޕާނަށް އެހީވުމުގައި، އަދި ޣައްޒާއަށް ދިމާވި މައްސަލަތަކުގައިވެސް ދިވެހިންވަނީ ގައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ދުނިޔެއަށް ދައްކާލާފައެވެ.
ރާއްޖޭގެ ތަރައްގީގައި ބޮޑެތި މަޝްރޫއުތައް އަތްމައްޗަށް ގުނާލެވޭ ވަރަށް މަދެވެ. މީގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ، ރައީސް ނާސިރުގެ ދައުރުގައި ދިވެހިން އަތުން ހިއްކައިގެން ބިނާކުރި ފަޚުރުވެރި މަޝްރޫއެކެވެ. އެތައް ސަރުކާރެއް ބަދަލުވެގެން ދިޔަ ނަމަވެސް، މިހާރު މި އެއާޕޯޓު ބަދަލުވަމުންދަނީ އަހަރެއްގެ ތެރޭ 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ، ދުނިޔޭގެ އެއްވަނަ ފެންވަރުގެ އެއާޕޯޓަކަށެވެ. މިއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު ދިވެހިންނަށް ލިބޭ ބޮޑު ފަޚުރެކެވެ.
ނަމަވެސް، މިފަދަ ގައުމީ ފަޚުރަކަށް ސިޔާސީ ބައެއް ވެރިން “ގޯސް” ހަދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބަކީ، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާ ރިބަން ކަނޑަން ތިމާ ނުވަތަ ތިމާ ބޭނުންވާ މީހަކު ނެތުމެވެ. 2016 ގައި އެއްބަސްވުން ހެދިނަމަވެސް، އެކަން ކުރަން ޖެހޭ މުއްދަތުގައި ކުރީގެ ސަރުކާރުތަކަށް ނުކުރެވުނުއިރު، ރައީސް ޑރ. މުއިއްޒު ވަނީ އެންމެ 18 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންގޮސް، ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތް ނިންމާލާފައެވެ.
މިފަދަ ގައުމީ ފަޚުރުވެރި މަޝްރޫއެއް ހުޅުވުން ފާހަގަ ނުކުރަންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ ފެންވަރުގައި މިކަން ފާހަގަކޮށް، ހަވާ އަރުވައި، ކުލަބޮކި ދިއްލައި، ރޯޑު ޝޯތަކާއި މެރަތަންވެސް ބާއްވައި، މުޅި ދުނިޔެއަށް ދިވެހިންގެ ގާބިލުކަން ދައްކާލަންވީއެވެ. މިއީ ހުރިހާ ދިވެހިންގެވެސް ހިއްސާވާ ގައުމީ މަސައްކަތެކެވެ. ނަމަވެސް، މިފަދަ މަސައްކަތްތަކުގައި ދޮގާއި އޮޅުވާލުމުން ގައުމު ހަލާކުކުރަން މަސައްކަތްކުރާ ލާގައުމީ ބަޔަކު ފާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
