
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަހުގެ 26ވަނަ ދުވަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މި މަސައްކަތުގައި މުޅި ކުންފުނީގެ ހުރިހާ ސްޓާފުން ދަނީ ބައިވެރިވަމުންނެވެ. 5000 އެއްހާ މުވައްޒަފުން އުޅޭ ކުންފުނީގައި، އެކި ޓީމްތަކަށް ބަހާލައިގެން 24 ގަޑިއިރު ދަނީ މަސައްކަތްތައް ކުރަމުންނެވެ.
ކުންފުނީގެ ހިއުމަން ރިސޯސް ޓީމުން އިސްނަގައިގެން ދަނީ، އާ ޓަރމިނަލް ހުޅުވުމުގައި ކުންފުނީގެ މުވައްޒަފުން ޝާމިލުވުން އިތުރުކޮށް، ހިތްވަރުދިނުމުގެ ގޮތުން ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިކަމުގެ ފޯރި އިތުރުކުރުމާއި، ބެރާ ތަފާތު ހަރަކާތްތަކާއެކު އެކިއެކި ޑިޕަރޓްމަންޓްތަކަށް ޒިޔާރަތްކޮށް، ސްޓާފުންގެ މެދުގައި މަސައްކަތުގެ ފޯރު އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. އަދި ވީއައިއޭގެ ތާރީޚާ އަދި އާ ޓަރމިނަލްގެ މަސައްކަތްތަކާ ގުޅޭ ކުއިޒްތައްވެސް މީގެތެރޭގައި ހިމަނައިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވީއައިއޭގެ އާ ޓަރމިނަލް މަޝްރޫޢު ކުންފުނީގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ޕްލެޖެއްގަވެސް ދަނީ ސޮއިކުރަމުންނެވެ. މީގެއިތުރުން މީގެތެރޭގައި ހިމަނައިގެން ސޯޝަލް މީޑިއާ ހަރަކާތްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. ވީއައިއޭގެ އާ ޓަރމިނަލްގެ ޚިދުމަތް ފެށުމަށް ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، އެކި މަސައްކަތްތަކަށް ޚާއްސަ ޓީމްތައް ނަގައިގެން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތްތައް ގެންދަނީ އެކަމަށްޓަކާ ޚާއްސަކޮށް އެކުލަވާލާފަވާ “އޮރާޓް” ޓީމުގެ އިރުޞާދުގެ ދަށުންނެވެ.
ވީއައިއޭގެ އާ ޓަރމިނަލްއަކީ އަހަރަކު 7 މިލިއަން ޕެސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލްއެކެވެ. ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
